ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑްގައި މަރުވާ ލަންކާގެ މުސްލިމުން ރާއްޖެ ގެނެސް ވަޅުލުން މުހިންމު: މިނިސްޓަރ ޒާހިރު

އިސްލާާމިކް މިނިސްޓަރު ޑރ.އަޙްމަދު ޒާހިރު. ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ސްރީ ލަންކާގައި ކޮވިޑް-19 ޖެހިގެން މަރުވާ މުސްލިމުން ރާއްޖޭގައި ވަޅުލެވޭ ގޮތް ހެދުމަކީ  މުހިންމު ކަމެއް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ މިރޭ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ  ރާއްޖޭގައި ވަޅުލުމުގެ އިންތިޒާމު ހަމަޖެއްސުމަކީ މިވަގުތަށް ވަރަށް މުހިންމު އަދި އެހާމެ ދަރުމަ އާއި ސަވާބު ލިބޭނެ ކަމެއް ކަމަށެވެ.

އިސްލާމިކް މިނިސްޓަރު އެގޮތަށް ވިދާޅުވެފައި ވަނީ ސްރީ ލަންކާގައި ކޮވިޑް-19 ޖެހިގެން މަރުވާ މުސްލިމުން ރާއްޖޭގައި ވަޅުލެވޭނެ އިންތިޒާމެއް ހަމަޖައްސައިދޭން އެ ގައުމުން އެދިފައިވާ ދަޑިވަޅެއްގައެވެ.

ކޮވިޑް-19 ޖެހިގެން ސްރީލަންކާގައި މަރުވާ މުސްލިމުން އަންދާލާތީ އެގައުމުގެ މުސްލިމުންނާއި އަދި ބައިނަލްއަގްވާމީ އެކި ޖަމާއަތްތަކުން ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: