ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަމިއްލަ 31 ވިޔަފާރިއެއް އިކޮނޮމިކް މިނިސްޓްރީން ބާތިލް ކޮށްފި

ދިވެހި ރާއްޖޭގައި ކުދި ވިޔަފާރިތައް ކުރިއެރުވުން/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

އަމިއްލަ ފަރުދުންގެ 31 ވިޔަފާރިއެއްގެ ރަޖިސްޓްރީ އިކޮނޮމިކް މިނިސްޓްރީން ބާތިލް ކޮށްފިއެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގާނޫނުގެ ދަށުން މިނިސްޓްރީގައި ރަޖިސްޓްރީ ކޮށްފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރިތަކުގެ ތެރެއިން 31 ވިޔަފާރިއެއް ބާތިލް ކޮށްފައިވާ ކަމަށެވެ.

މިނިސްޓްރީން ބުނީ އެ ވިޔަފާރިތައް ބާތިލް ކޮށްފައި ވަނީ މިދިޔަ އޮކްޓޯބަރު މަހު ކަމަށާއި އެއީ އަމިއްލައަށް އުވާލަން އެދުމުން އުވާލާފައިވާ ކުންފުނިތައް ކަމަށެވެ.

އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގާނޫނަކީ އަމިއްލަ ފަރާތްތަކުން ވިޔަފާރީގެ މައިދާނަށް ނެރެ، އެ ފަރާތްތަކަށް ވިޔަފާރި ހިންގުމަށް މަގުފަހިކުރުމަށް ބާރުއެޅުމުގެ ގޮތުން 2014 ވަނަ އަހަރު ތަސްދީގު ކުރި ގާނޫނެކެވެ. އަމިއްލަ ފަރުދުންގެ ވިޔަފާރީގެ މިލްކުވެރި ފަރާތަކީ ވިޔަފާރީގެ ވެރިފަރާތް އެކަންޏެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: