ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑްރަގްގެ ހިދުމަތްދޭ ތިން ގެއެއްގެ ވެރިންނަށް ދައުވާ ކުރަން ފޮނުވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ކެފޭ އުސޫލުން މަސްތުވާތަކެތީގެ ހިދުމަތުގެ ވިޔަފާރި ކުރަމުންދާ ތިން ގެއެއްގެ ވެރިންނަށް ދައުވާ ކުރުމަންނ ފޮނުވައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، މާލޭގައި ކެފޭ އުސޫލުން މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދާ ކަން ފާހަގަކުރެވި އެކަށީގެންވާ ހެކި ލިބުމުން ދައުވާ ކުރުމަށް ފޮނުވާފައިވާ ތިން މީހުނަކީ މ. ބްރައިޓް ފްލާވާ ގޭގެ ވެރިޔާއާއި، ގ. ފްރެޝް ލައިޓްގެ ގޭގެ ވެރިޔާއާއި، ގ. ހިލާލުގޭގެ ވެރިޔާއެވެ.

ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ 21 ގެއެއް މާލެ ސަރަހައްދުން ފާހަގަކުރެވިފައިވާއިރު އޭގެ ތެރެއިން ތިން ގެއެއްގެ ވެރިންނަށް ދައުވާ ކުރަން ފޮނުވާފައިވާއިރު 16 ގެއެއްގެ ވެރިންނަށް ނޯޓިސް ފޮނުވާފައިވާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

އަދި އެ ނޯޓިސްގައި ވާނީ އެ ތަނުގައި އެ ވިޔަފާރި ހިނގަމުންދާ ކަން އަންގާ ކަމަށެވެ.

އަދި މީގެއިތުރުން އިތުރު ފަސް ތަނެއްގެ ތަހުގީގު ހިނގަމުންދާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: