ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވައްކަމުގެ މައްސަލައެއްގައި ހޯދާ މީހަކު ނުފެނިގެން ފުލުހަށް ހާޒިރުވާން އިއުލާންކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ވައްކަމުގެ މައްސަލައެއްގެ ތަޙުޤީޤަށް ފުލުހުން ހޯދަމުން ގެންދާ މީހަކު ނުފެނިގެން އޭނާ ފުލުހަށް ހާޒިރުވާން އިއުލާންކޮށްފިއެވެ.

ފުލުހުންގެ ވިދާޅުވެފައި ވަނީ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ ވައްކަމުގެ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދުކުރެވިފައިނުވާތީ، ޖިނާއީ މައްސަލަތައް ތަޙުޤީޤުކުރުމުގައި ފުލުހުން ޢަމަލުކުރާނެ އިޖުރާއަތުގެ ޤަވާއިދުގެ 27 ވަނަ މާއްދާގައި ވާގޮތުގެ މަތިން އޭނާ ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކުރާކަމަށެވެ.

ފުލުހަށް ހާޒިރުވާން އަންގައި އިއުލާން ކޮށްފައި ވަނީ ށ. ޅައިމަގު/ އަތަމާގެ، ފާރިސް ޢަލީ ޝަރީފް (29އ) އެވެ.

އޭނާ ފުލުހަށް ހާޒިރު ކުރަނީ 2020 ނޮވެމްބަރު 26 ވަނަ ދުވަހުގެ ވަގުތެއްގައި އޮފީހަކުން ވައްކަން ކޮށްފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށާއި ތަހުގީގަށް ސުވާލުކުރުމަށް ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: