ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

173 ބިޔަރު ދަޅު ހޯދައި މީހަކު ހައްޔަރުކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ފުލުހުންގެ އިންޓެލިޖެންސާ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް ގުޅިގެން ހިންގި ދެ އޮޕަރޭޝަނެއްގައި ބަނގުރާ ފުޅިތަކަކާއި ގިނަ އަދަދެއްގެ ބިޔަރު ދަޅުތަކެއް ހޯދައި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މި މަހުގެ 22 އަދި 23 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަންތަކާ ގުޅިގެން ކޯޓުއަމުރެއްގެ ދަށުން ހެންވޭރު ގެއެއް ބަލައި ފާސްކޮށް ބަނގުރާކަމަށް ޝައްކުކުރެވޭ ދިޔާ އެއްޗެއް ހުރި 13 ފުޅިއާއި 173 ބިޔަރު ދަޅު ހޯދާފައިވާ ކަމަށެވެ.

ނަމަވެސް މި މައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުންގެ ދެވަނަ އޮޕަރޭޝަނުގައި ރޭ 21:00 އެހާކަންހާއިރު، މަގުމަތިން ދުއްވާފައި ދިޔަ ޓެކްސީއެއް ހުއްޓުވައި ބަލައިފާސްކުރިއިރު އެ ޓެކްސީގެ ޑިކީގެ ތެރެއިން ބަނގުރާކަމަށް ޝައްކުކުރެވޭ ދިޔާއެއްޗެއް ހުރި 12 ފުޅި ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލަ އާ ގުޅިގެން 27 އަހަރުގެ ބިދޭސީއެއް ފުލުހުން ވަނީ ހައްޔަރަށް ގެންގޮސްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: