ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފިލައިފާނެތީ ދުބާއީ އަށް ފުރުމުގެ ހުއްދަ ޖިހާދު އަކަށް ނުދިން

ޝެއާރކޮށްލާ ކަހަލަދޯ؟

ބޭސްފަރުވާ އަށް ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދަށް ދުބާއީ އަށް ފުރުމުގެ ހުއްދަ ނުދޭން ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.

ކްރިމިނަލް ކޯޓުން މިގޮތަށް ނިންމީ ޖިހާދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުލަތަށް ފައިދާވާން އޮތްކަމެއްގައި އެނޫންގޮތަކަށް ޢަމަލުކުރުމުގެ ދަޢުވާގެ މިއަދުގެ އަޑުއެހުމުގައެވެ.

އެގޮތުން މިއަދުގެ އަޑުއެހުމުގައި ޖިހާދު ވަނީ ފުއްޕާމޭގެ ޓެސްޓެއްވެސް ހަދަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.

އަދި ރާއްޖެއިން ބޭރަށް ވަޑައިގެންނެވި ނަމަވެސް ނުފިއްލަވާނެ ކަމަށާއި ޖެނުއަރީ 1 1ގައި އަނބުރާ ރާއްޖެ އަންނާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށްވެސް ޖިހާދު ވިދާޅުވިއެވެ.

ނަމަވެސް ދައުލަތުން ވަނީ ޖިހާދު ރާއްޖެއިން ބޭރަށް ފުރާވަޑައިގަންނަވަން ހުއްދަ ދޭން ދެކޮޅު ހަދާފައެވެ.

އަދި ދުބާއީ އާއި ރާއްޖެއާ ދެމެދު ކުށްވެރިން ބަދަލުކުރުމުގެ އެއްބަސްވުމެއް ވެސް ހެދިފައި ނެތުމުން ޖިހާދު ފިލައިފިނަމަ ދެން އަނބުރާ އޭނާ ރާއްޖެ ގެނެވޭނެ ގޮތެއް ވެސް ނޯންނާނެކަން ވެސް ދައުލަތުން މިއަދުގެ އަޑުއެހުމުގައި ވަނީ ފާހަގަކޮށްފައެވެ.

މައްސަލަ ބައްލަވާ ގާޒީ ވަނީ ޖިހާދު ފިލައިގެން ކޯޓަށް ހާޒިރު ނުވާނެ ކަމުގެ އިހުތިމާލު އޮތް ކަމަށް ވިދާޅުވެފައެވެ. އެހެންކަމުން އޭނާއަށް ރާއްޖެއިން ބޭރަށް ފުރައިގެން ދިޔުމުގެ ހުއްދަ ނުދޭން ގާޒީ ވަނީ ނިންމަވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: