ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕީޕީއެމް އޮތީ ދުރުން ރަނިންމޭޓަކު ހޯދާ ހާލަތަކު ނޫން؛ ޗޮއިސް ތަނަވަސް: ރައީސް ޔާމީން

ކުރީގެ ރައީސް އަދި އިދިކޮޅުގެ ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް.
ޝެއާރކޮށްލާ ކަހަލަދޯ؟

ޕީޕީއެމް އޮތީ ދުރުން ރަނިންމޭޓަކު ހޯދާ ހިސާބަކުނޫންކަމަށާއި ޕާޓީގެ ތެރެއިން ރަނިންމޭޓެއްގެ ޗޮއިސް ވަރަށް ތަނަވަސްކަމަށް ޕާޓީގެ ރިޔާސީ ކެޑީޑޭޓު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

އިދިކޮޅު ކޮންގްރެސް ކޯލިޝަން ޕީޕީއެމް ޕީއެންސީން އެ ޕާޓީގެ ފަރާތުން 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކެޑިޑޭޓަކީ ރައީސް ޔާމީންކަން ރަސްމީކޮށް އިއުލާންކުރެއްވުމާއިއެކު، ގިނަ ބަޔަކު ސުވާލުއުފެއްދީ ރަނިންމޭޓަކަށް ވާނީ ކާކުކަމާއިމެދުއެވެ. ޓިކެޓު ހަވާލުކުރުމާއި ގުޅިގެން ގިނަ ބޭފުޅުންތަކެއް ފަށުވި ބަހުން ޓުވީޓުކޮށް ރައީސް ޔާމީންއަށް ސަނާ ދެއްނެވުމުން އެއީ ރަނިންމޭޓުކަމުގެ ބޭނުމުގައިކަމަށްވެސް ބައެއް ފަރާތްތަކުން ފާހަގަކުރިއެވެ.

“ސަންގު ޓީވީ” އަށް ދެއްވި އެކްސްކުލޫސިވް އިންޓަވިއުއެއްގައި 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމަނިކުފާނާއިއެކު ރަނިންމޭޓެއްގެ ގޮތުގައި ހުންނަވާނެ ބޭފުޅެއް ކަނޑައަޅާނީ ކޮންއިރަކުތޯ ނުވަތަ މިފަދަ އެއްވެސް ނިންމުމެއް ނިންމާފައިވޭތޯ ސުވާލުކުރުމުން ރައީސް ޔާމީން ވިދާޅުވީ، އަދި ވަކި ބޭފުޅަކު ރަނިންމޭޓެއްގެ ގޮތުގައި ނިންމާފައިނުވާކަމަށާއި ނަމަވެސް މިއީ އެންމެ ރެޔަކުންވެސް ނިންމޭނެހާ ފަސޭހަކަމެއްކަމަށެވެ.

ރައީސް ޔާމީން ފާހަގަކުރެއްވީ ޕީޕީއެމްއިން ރަނިންމޭޓަކު ކަނޑައެޅުމަކީ ދަތިކަމެއް ނޫންކަމަށާއި އެމަނިކުފާނަށް އެ ޗޮއިސް ވަރަށް ތަނަވަސްކަމަށެވެ.

“ޕާޓީގަ ވަރަށް އިލްމީ ވަރަށް ގާބިލު ތަޖުރިބާހުރި އެއް ބޭފުޅުންނެއް އެބަ ތިއްބެވި ހަމަ ލީޑާޝިޕްގެ އިސް ސަފުގަ. އެހެންވީމަ އަޅުގަނޑަކައްށެއް އެއީ ހަމަ އޮވާ ނައިޓުވެސް އިރާދަކުރެއްވިއްޔާ އަޅުގަނޑު ނިންމަން ބޭނުމިއްޔާ ނިންމިދާނެކަމެއް”

ރައީސް ޔާމީން ވިދާޅުވީ ޕީޕީއެމް އޮތީ އެހާ ދުރުން ރަނިންމޭޓަކު ހޯދަންޖެހޭފަދަ ހާލަތެއްގައި ނޫންކަމަށާއި މިއީ އެހާ ދަތި ނިންމުމަކަށް ނުވާނެކަމަށެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނުގެ ރަނިން މޭޓަކަށް ވާނީ ޕީޕީއެމްގެ މެންބަރެއް ކަމަށެވެ. ކުރިން ރަނިން މޭޓްކަން ކުރެއްވި ބޭފުޅުން ނުވަތަ ނައިބު ރައީސް ކަން ކުރެއްވި ބޭފުޅުންނަށް ވެސް އެފުރުސަތު އެބައޮތް ކަމަށާއި ނަމަވެސް އަދީބާއި ޖިހާދު ޔަގީނުން ވެސް ރަނިން މޭޓަކަށް ކަނޑަނާޅުއްވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ވާހަކަތަކުން ދޭހަވީ ރިޔާސީ އިންތިހާބަށް ނިކުންނަވާއިރު ޑރ.ޖަމީލް ނުވަތަ ޑރ.ޝަހީމް ރަނިން މޭޓަކަށް ނެގުމުގެ ފުރުސަތު އެބައޮތްކަމެވެ.

ނަމަވެސް “ސަންގް ޓީވީ” އިން ގެނެސްދޭ “ޚަބަރަށް ފަހު” ޕްރޮގްރާމްގައި ޑރ.ޖަމީލް ވިދާޅުވީ ރަނިން މޭޓަކަށްވުމާއި މެދު ނުވިސްނަވާ ކަމަށެވެ.

“އަޅުގަނޑު ވަރަށް އިހްލާސްތެރިކަމާއިއެކު ދަންނަވާ ވާހަކައެއް. އަޅުގަނޑު ތިފަދަ އެއްވެސް ކަމަކާއިމެދު މިވަގުތު ނުވިސްނަން. އެއީ ކޮންމެހެން ތިސުވާލަށް ޖަވާބު ނުދޭކަށެއް ނޫން.”

ޑރ.ޖަމީލް ވިދާޅުވީ ޕީޕީއެމް އިން ނިންމާ ކޮންމެ ނިންމުމެއްގެ ފަހަތުގައި އެމަނިކުފާނު ހުންނަވާނެކަމަށެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: