ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތިލަފުށީ އަލިފާނުގެ ހާދިސާގައި ފިހުނު ދިވެހި މީހާ އައިސީޔޫގައި

ޝެއާރކޮށްލާ ކަހަލަދޯ؟

ތިލަފުށީ ފަޅުގައި އޮތް ދެ ދޯންޏެއްގައި ހިނގި އަލިފާނުގެ ޙާދިސާގައި ފިހުނު ދިވެހި މީހާއަށް އައިސީޔޫގައި ފަރުވާދޭންފަށައިފިއެވެ.

އައިޖީއެމް ހޮސްޕިޓަލުން ބުނީ އަލިފާނުގެ ހާދިސާގައި ފިހުނު ދިވެހި މީހާގެ ހަށިގަނޑުން 20 ޕަސެންޓް ފިހިފައިވާ ކަމަށެވެ. އޭނާއަށް މިވަގުުތު ފަރުވާ ދެމުންދަނީ އައިސީޔޫގައެވެ. ހާލަތާއި ގުޅޭ އިތުރު ތަފްސީލެއް ނުދެއެވެ.

ކައިރިކައިރީގައި އޮތް ދެ ދޯންނިން އެއް ދޯންޏަށް ތެޔޮ އަޅަން އުޅުމުގެ ތެރޭގައި ހިނގި މިޙާދިސާގައި ފިހިފައިވަނީ ދިވެހި ފިރިހެނަކާއި ބިދޭސީއެކެވެ. އައިޖީއެމްއެޗުން މަޢުލޫމާތު ދެއްވާ ގޮތުގައި ބިދޭސީ މީހާ ވަނީ ފަރުވާއަށްފަހު ދޫކޮށްލައިފައެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި ދެ ދޯނީގައި ރޯވި އަލިފާންގަނޑު ގަޑިއެއް ހާއިރު ތެރޭގައި ވަނީ ނިއްވާލާފައެވެ. އަދި ދެ ދޯންޏަށްވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމަށް އެމްއެންޑީއެފްއިން މަޢުލޫމާތު ދެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: