ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނައިބު ރައީސް ފައިސަލް ނަސީމް މިހައްދަވަނީ ކިހިނެއް؟

ނައިބް ރައީސް ފައިސަލް ނަސީމް
ޝެއާރކޮށްލާ ކަހަލަދޯ؟

ގައުމީ އިނާމު ދިނުމުގެ ޖަލްސާ އާއި އެކު އެކީގައި ގައުމީ އެއްބައިވަންތަކަމުގެ ޖަލްސާ ބޭއްވީ ސީދާ ރައީސުލް ޖުމްހޫރިއްޔާ ޝަރަފުވެރި ކުރައްވައިގެންނެވެ. ދެން ގއ.ވިލިނގިލީގައި އޭގެ އެއްދުވަސްފަހުން މިއޮށް ކޮވިޑްގެ ނާޒުކު ދަނޑިވަޅު، ދައުލަތުގެ އާމްދަނީ އެހާ ދަށްވެފައިވާއިރު ނައިބުރައީސް ފައިސަލް ނަސީމް ބޮޑު ޑެލިގޭޝަނެއް މާލެއިން ފޮލައިޓް ޗަރޓަރ ކުރައްވައިގެން ވަޑައިގެން ޝަރަފުވެރިކޮށް މިކުރައްވަނީ ކީއްތޯ އެތައް ބަޔަކު އެބަ ސުވާލު އުފައްދައެވެ.

މިހާ ޙަރަދު ބޮޑުކޮށް ކަންތައް ކުރައްވާއިރު ނައިބުރައީސް ފައިސަލް ނަސީމް މިދިޔަ ދެއަހަރު ކުރެއްވި ކަންތައްތަކަށް ފާޑެއް ނުކިޔަ ވޭތޯބެލީމެވެ. ނަމަވެސް މިކަންތަކަކީ ރައްޔިތުންނަށް އެނގިހާމަވާންޖެހޭ ކަންތައްތަކެވެ. ސަބަބަކީ ޙަރަދުވަނީ ރައްޔިތުންގެ ފައިސާ ކަމަށް ވާތީއެވެ. މިވަގުތަކީ ޑަބަލްކޮށް ކަންތައްތައް ކޮށް ޙަރަދު ބޮޑުކުރާންވީ ވަގުތެއްނޫނެވެ.

ނައިބުރައީސް ފައިސަލް ނަސީމް އަކީ ޖޭޕީ އިން ކޯލިޝަން ޓިކެޓްގައި ނައިބުރައީސް ކަމަށް ވާދަކުރަން ފޮނުވި ބޭޅެކެވެ. ނަމަވެސް މިހާރު ޖޭޕީ އަކާ މާބޮޑު ގުޅުމެއް އޮތްތަނެއް ނުފެނެއެވެ. ރައީސް އޮފީހުގެ ވެބްސައިޓަށް ބަލާލުމުން ރަޢިސް ސޯލިހަށް ވުރެ ފައިސަލް ނަސީމްގެ ޙަބަރު ގިނަވެފަ ފޮޓޯ ސެޝަންތައް ގިނައެވެ. ނަމަވެސް އެއްވެސް ޙަރުދަނާ ބޮޑެތި ކަންތައްތަކެއް ނެތެވެ. މުޅިންވެސް ބައްދަލުކުރައްވައިފި، ޝަރަފުވެރި ކުރަށްވައިފި، އިނާމުދެއްވައިފި، ގޮވާލައްވައިފި މިކަހަލަ ކަންތައްތަކެވެ. ރައީސް އޮފީހުގެ ޙަބަރާއި ފޮޓޯ ގޮތުގައި ރައީސް އޮފީހުގެ ސައިޓުގައި ރައީސް އޮފީހުގައި ބޭއްވޭ އާދައިގެ މީޓިންގް ތަކުން ފެށިގެން ކުދި ކުދި ސްކޫލްތަކުގެ އިނާމްދޭ ޖަލްސާތަކުގެ ޙަބަރު ނައިބުރައީސް އާއި ބެހޭގޮތުން ގިނަގިނައިން ހަދާފަހުރެއެވެ.

މިގޮތަށް ފެންނަން ހުރުމުން ރައީސް އޮފީހުގައި ވަރަށް ގިނަ އަހަރުތަކެއްވީ ކްރެޑިބަލް ދެތިން ފަރާތަކާ ވާހަކަ ދައްކާލީމެވެ. ހީކުރެވުނީ ރަނގަޅަށެވެ. ރައީސް ކުރައްވާ ކޮންމެ ކަމަކަށް ނައިބުރައީސް ފައިސަލް ކަމެއް ކުރައްވައެވެ. ނަގާ ފޮޓޮޔަކަށް ދެފޮޓޯ ނަގައެވެ. ރައީސް ދެކުނަށް ވަޑައިގަތިއްޔާ ނައިބުރައީސް އުތުރަށް ދަތުރުފުޅުހައްދަވައިގެން ވަޑައިގަނެއެވެ. ވަކި މިނިސްޓަރެއްގެ އިވެންޓްތަކަކަށް ވަކިން ގިނައިން ވަޑައިގަނެއެވެ. ރައީސް ސޯލިހަކީ މިހާތަނަށް ނައިބުރައީސް އަކަށް ނުދެއްވާވަރަށް އިޙްތިޔާރު ދެއްވި ބޭފުޅެކެވެ. ނަމަވެސް ނައިބުރައީސް ފައިސަލް ނަސީމަށް އެއްވެސް ކަމެއް ކޮޅެއްގައި ނުޖެއްސެއވެ. 30 މިނެޓުން ނިންމަލެވޭނެ އޮފީސް ރަސްމީ މީޓިންގްތައް ކޮންމެ ދުވަހަކު ވަޒީރުންނާ ތަންތަނުގެ ވެރިން ބައިވެރިކޮށްގެން 3-4 ގަޑިއިރަށް ބާއްވައެވެ. އެކި ވާހަކަތައް ތަކުރާރުކޮށް ދައްކަވާ އެއްވެސް ޙަރުދަނާ ނިންމުމަކަށް ވާސިލުނުވެ މީޓިންގްތައް ފޫހިކަމާއި އެކީ ކުރިއަށް ގޮސްނިމެއެވެ. ޙަބަރު ހަދާ ފޮޓޯނެގޭތީ ނައިބް ރައީސް އުފާފުޅުކުރެއްވިނަމަވެސް ނެރެވޭ ނަތީޖާއެއް ނެތެވެ. މިކަމާއި ސަރުކާރުގެ ބައެއް އިސް ބޭބޭފުޅުން ނުރުހުންވެ، އެކަމުގެ “ސިޔާސީ ބޯޅަ” ޖައްސަވާކަމަށްވެސް ހަބަރު ލިބެއެވެ. އެތައް ބައެއްގެ ވަގުތުތައް ބޭކަރުވާތީ އެމައްސަލަ ޖައްސާބޭފުޅުންވެސް މަދެއްނޫނެވެ.

ސަމާސާ އެއްކިބައިގައި ބާއްވާފައި ނައިބުރައީސް ފައިސަލް ނަސީމް ކުރައްވާ ކަންތަކުން ދައުލަތުގެ އެތައް ފައިސާއެއްދަނީ އިސްރާފުވަމުންނެވެ. އެތައް ވަޒީރުންގެ މުހިއްމު ވަގުތުތައް ދަނީ ބޭކާރުވަމުންނެވެ. ރައްޔިތުންނަށް ދޭންހުރި އެތައް ޙިދުމަތްކެއް ލަސްވެ ވައުދު ފުއްދުންވެސް ލަސްވެއެވެ. ރައީސް ސޯލިހު ނައިބުރައީސް އަށް ކަންތައްތައް ދޫކޮށްލައްވާތީ އެކަމުގެ އެޑްވާންޓޭޖް ނެގުމަކީ ދެރަކަމެއްކަމަށާއި އަދި މަޖްލީހުން ނައިބުރައީސްގެ ޙަރަދުތައް ބަލާނެކަމަށް އެމްޑީޕީގެ މަޖްލީސް މެންބަރުންވަނީ މީގެ ކުރިންވެސް ގޮވާލާފެއެވެ. ނައިބުރައީސް ކަމަކީ ފައިސަލް ފައުންޑޭޝަން ހިންގާ ގޮތައް ކޮންމެ އިވެންޓެއް ފޮޓޯ ޝޫޓެއް ހަދާލަން ބާއްވާ ނިންމާލެވޭނެ ވަރުގެ ކަމެއްނޫނެވެ.

ވަރަށް ގަދަ
22%ވަރަށް ގަދަ 8%ވަރަށް ގަޔާވޭ 35%ބޮޑު ޖޯކެއް 3%ހައިރާންވެއްޖެ 6%ވަރަށް ދެރަ 26%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

7 Responses

  1. ޚަބަރު.
    ޚަރަދު.
    ޚިދުމަތް.
    މި ބަސްތައް ލިޔާއިރު އޮންނާނީ ހާގެ މަތީގައި ތިކިޖެހި ޚާ.

  2. ނޫސްވެރިޔާއަށް ނޭނގޭ އެއްކަމެއް ހާސިލްވޭ ހަމަގައިމުވެސް، އެއީ ނައިބު ރައީސާއި، އޭނާގެ ބިޓް، އެޑިޔުކޭޝަން މިނިސްޓަރާ ދެބޭފުޅުންނަށް އެކަހެރިކޮށް ބައްދަލުކޮށްލެވޭ މިކަހަލަ އިވެންޓްތަކުގެ ސަބަބުން. ކޮވިޑްގެ ފުރަބަންދާހެދި ދެބޭފުޅުންނަށް ބޮނޑިއެއް އަޅުއްވާ ނުލެއްވޭތާ ލައްކަ ދުވަސްވެއްޖެ. ދެބޭފުޅުންގެ ސިކުނޑިއަށް ވަރަށްބޮޑު ލުޔެއް ލިބިގެންދާނެކަމަށް ބެލެވެއެވެ. އެއީވެސް ކާމިޔާބީއެއް ނޫންތޯއެވެ.

  3. ކޮންމެ ގޮތަކަށް ސިފަކުރެއްވި ކަމުގައިވީނަމަވެސް ރައީސް އިބޫއާއި ނާއިބު ރައީސް ފައިސަލް އާއިދެމެދު ފޮޓޯ ސެޝަން ތަކުގެ އެޕެއަރެންސް ފައިސަލްގެ ގިނަވާނެ! ސްމާރޓް ޢަދި ރަގަޅު އިސްކޮޅަކާއި އެކިކަހަލަ އެވަގުތާއި ގުޅުވައިދެވޭ ޕޯސްތަކަށް ވަރަށް އެކަށީގެންވާ ބޮޑީޝޭޕެއްގެ ވެރި ބޭފުޅެއް! ރައީސް އެފަދަ ޙަފްލާތަކުން ފެނުން މަދުވަނީ ރައީސް ފާޑުފާޑުގެ އިވެންޓުތަކަށް ތައްޔާރުކުރައްވަން އެކަމާއި ބެހޭ އާޓިސްޓުންނަށް ފުދޭވަރަކަށް ދަތިވެފައި ޚަރަދުވެސް ބޮޑުވާނެ! ފައިސަލްވީމަ ހަމަ ނިކުމެވަޑައިގެން ކޮންމެފަދަ ވަގުތަކުވެސް ކާަރަށް އެރުއްވީމަ އެނިމުނީ. ދައުލަތުގެ ޚަރަދު ކުޑަކުރައްވަން އެގޮތަށް އެކަންތައް ކުރައްވަނީ

  4. ރަނގަޅު
    ވެދާނެ ރިސޯޓެއްގެ ބާއެއް ބަލަހައްޓަން ހުއްޓާ ކުއްލިއަކަށް ތަޖުރިބާ ނެތި މާބޮޑު މަގާމެއް ލިބުނީމަ ވީގޮތެއް ކަމައް ހަމައަކަށް އެޅުވުމަށް ދުވަސް ނަގާނެ އޭރުން ބިތުފަންގި ފެންނާނެ!

  5. މިއީ ނޫސްވެރިކަން؟ މި ކަމަށްތަ ސިފަތުﷲމެން ނޫސްވެރިކަމޭ، ދައުލަތުގެ ހަތަރުވަނަ ބާރޭ މި ކިޔަނީ؟ މަ ހަމަ ބޯހަލާކު.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: