ތާޖް އެގްޒޮޓިކާ ރިސޯޓުގެ އިންޖީނުގޭގައި އަލިފާން ރޯވެއްޖެއެވެ.
އެމްއެެންޑީއެފް މީޑިއާ އޮފިޝަލް ވިދާޅުވީ ތާޖް އެގްޒޯޓިކާ ރިސޯޓުގެ އިންޖީނުގޭގައި އަލިފާން ރޯވި ކަމުގެ ރިޕޯޓު މިރޭ 8:30 ހާއިރު ލިބިފައިވާ ކަމަށެވެ.
އެމްއެންޑީއެފުން ބުނީ އެ ހާދިސާގައި މީހަކަށް އަނިޔާވިކަމުގެ ރިޕޯޓު އަދި ލިބިފައި ނުވާ ކަމަށާއި ސިފައިން އެ ރިސޯޓްގައި ހަރަކާތްތެރި ވަމުން އަންނަ ކަމަށެވެ.
އަދި އިންޖީނުގޭގައި އަލިފާން ރޯވުމުން ރިސޯޓުން ވަނީ ކަރަންޓް ކެނޑިފައި ކަމަށް އެމްއެންޑީޢެފުން ބުނެއެވެ.

