ރޫޓު ފިހާރައިގެ ފައިސާ ބޭންކަށް ޖަމާކުރަން ދަނިކޮށް މަގުމަތިން ފޭރެން އުޅުނު މައްސަލާގައި ފަސް މީހަކަށް ދައުވާކޮށްފިއެވެ.
މި މައްސަލައިގައި ދައުވާކޮށްފައިވަނީ ލ. ގަން، ތުނޑި، ކީމިޔާގެ، ޢަބްދުﷲ ރާޝިދާއި، ގއ. ވިލިނގިލި، ކަނީރުމާގެ، މުޙައްމަދު މުސްޢަބު ޒުބައިރާއި، ކ. މާލެ، ދަފްތަރު ނަންބަރު ރސ 3678، ޙުސައިން ޢަބްދުލް މަޖީދާއި، ކ. މާލެ، ވ. ޕިންކްވިލާ، އަޙްމަދު އަމީރުގެ އިތުރުން، ރ. ރަސްމާދޫ، އޯކިޑްމާގެ، މުޙައްމަދު ޢަޒްމީނުގެ މައްޗަށް ކަމަށެވެ.
މީގެތެރެއިން ހަތަރު މީހެއްގެ މައްޗަށް އުފުލީ ފޭރުމުގެ ކުށުގެ ދައުވާ އެވެ. ފަސްވަނަ މީހާގެ މައްޗަށް އުފުލީ ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއެވެ.
ފައިސާ ފޭރެން މަސައްކަތް ކުރުމުން އެސަރަހައްދުގައި ތިބި ގިނަ ބަޔަކު އެތަން ދޫކޮށްދާ މަންޒަރު ފެންނައިރު
ވެހިކަލުން ފޭބި މީހުންގެ ފޮނުވާލުމަށާއި އެމީހުންގެ ކިބައިން ފައިސާ ސަލާމަތްކުރުމަށް ބޭންކް އޮފް ސިލޯންގެ ސެކިއުރިޓީން މަސައްކަތްކުރާ މަންޒަރު ވެސް ފެނެއެވެ.

