ބ. ގޮއިދޫ މެޖިސްޓްރޭޓްގެ އިސް މެޖިސްޓްރޭޓް އަހުމަދު ނިޝާރުގެ ސުލޫކީ މައްސަލައެއް ބެލުމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން (ޖޭއެސްސީ) ނިންމައިފިއެވެ.
ޖޭއެސްސީން ބުނީ ނިޝާރުއާ ގުޅޭގޮތުން ބެލުމަށް ނިންމާފައިވަނީ އޭނާ އައްޔަންކޮށްފައިވާ ކޯޓަށް ގަވާއިދުން ނުނިކުންނަވައި އެހެން މެޖިސްޓްރޭޓް ކޯޓަކަށް ނިކުންނަވާ ކަމަށް ބުނާ މައްސަލައެއް ކަމަށެވެ.
އެގޮތުން އެ މައްސަލަ ބެލުމަށް މިއަދު ބޭއްވުނު ކޮމިޝަނުގެ ބައްދަލުވުމުގައި ތަހުގީގީ ކޮމިޓީއެއް އެކުލަވާލާފައިވާ ކަމަށް ޖޭއެސްސީން ބުނެއެވެ.
ޖޭއެސްސީން އަންނަނީ މެޖިސްޓްރޭޓުންނާއި ފަނޑިޔާރުންނާއި ގުޅޭ އެތައް މައްސަލައެއް ބަލައި ފިޔަވަޅު އަޅަމުންނެވެ.

