ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަހަރުގެ ފުރަތަމަ ކާގޯ ދަތުރުގައި ކުޅުދުއްފުށްޓަށް 700 ޓަނުގެ މުދާ

ކޮޗިން ކާގީ ފެރީގެ ފުރަތަމަ ބުރުގައި މިހާރު ފެރީ ވަނީ ކުޅުދުއްފުށީގައި ބަނދަރުކޮށްފައި
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮޗިން-ކުޅުދުއްފުށީ ކާގޯ ފެރީގެ މިފަހަރުގެ ދަތުރުގައި 700 ޓަނުގެ މުދާ ކުޅުދުއްފުއްޓަށް ގެންނާނެ ކަމަށް، މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް)އިން ބުނެފިއެވެ.

އެ ފެރީ މިއަދު ކުޅުދުއްފުއްޓަށް ބަނދަރު ކުރަން ހަމަޖެހިފައިވާއިރު، ކޮޗިން-ކުޅުދުއްފުށީ ކާގޯ ފެރީގެ ޚިދުމަތް ފުރަތަމަ ފެށީ 2020 ވަނަ އަހަރުގެ ސެޕްޓެމްބަރު 26 ވަނަ ދުވަހުއެވެ. އެފަހަރު އެ ފެރީގައި 500 ޓަނަށްވުރެ ގިނަ މުދާ ގެނައެވެ.

އެމްއެސްއެސްގެ ”އެމްވީ. އެމްސީޕީ ލިންޒް”ގެ މިދަތުރުގައި ކުޅުދުއްފުއްޓަށް 700 ޓަނުގެ މުދާ ގެންނަކަން ފާހަގަ ކުރަށްވާ، އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ ޙުސައިން އަމްރު ވަނީ ކޮންމެ ދަތުރެއްގައި ފެރީގައި ގެނެވޭ މުދަލުގެ ޢަދަދު އިތުރުވަމުން ދާކަން ފާހަގަ ކުރަށްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: