ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮޗިން ފެރީގައި ހަތިޔާރާއި ޑްރަގް ގެންނަ ކަމުގެ ތުހުމަތު!

އިދިކޮޅު ޕީޕީއެމް ޕީއެންސީގެ ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިއާގެ ކޮޗިން އިން މިއަދު ހދ.ކުޅުދުއްފުއްޓަށް އައި ކާގޯ ބޯޓުން މަސްތުވާތަކެއްޗާއި ހަތިޔާރު ނުގެންނަކަން ޔަގީންކޮށްދިނުމަށް އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ސަރުކާރަށް ގޮވާލައިފިއެވެ.

މިއަދު ހަވީރު އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަމުން އަދުރޭ ވިދާޅުވީ ކުޅުދުއްފުއްޓަށް މިއަދު އައި ފެރީ އަކީ އޭގެ ޒާތުގައި ކުޑަ އެއްޗަކަށް ވީ ނަމަވެސް މިއަދު އައިސްފައި އެވަނީ ހަނގުރާމައިގެ ބޮޑު ލަޝްކަރެއް ކަމަށެވެ.

މީގެ އިތުރުން، ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވީ، ރާއްޖޭގެ އެކްސްޕޯޓްގެ ތަފާސްހިސާބުތަކަށް ބަލާއިރު ވެސް އިންޑިއާއިން ރާއްޖެ ގެންނަނީ މަދު މުދާތަކެއް ކަމަށެވެ. އެހެންކަމުން އެ ފެރީން މާ ގިނަ މުދަލެއް ނާންނާނެ ކަން މާ ކުރިން ގަބޫލު ކުރެވުނު ކަމަށެވެ.

އެހެން ނަމަވެސް ބޭރު ގައުމަކުން ރާއްޖެއަށް އެ ގޮތަށް އަންނަ ކާގޯ ބޯޓެއްގައި ހުންނާނެ ތަކެތި އާންމުންނާ ހަމައަށް ތިލަވާން ޖެހޭނެ ކަމަށް ޝުޖާއު ވިދާޅުވިއެވެ. އެހެންކަމުން ފެރީގެ އެތެރޭގައި ހުރި ތަކެތި މީޑިއާއަށް ދައްކާލަން އޭނާ ގޮވާލެއްވިއެވެ.

އިންޑިއާ ބޯޓުން ގެނައި މުދަލާއި މެދު އިދިކޮޅުން ތުހުމަތުތަކެއް ކުރަމުންދާއިރު، ރާއްޖޭގައި ހަތިޔާރު އެޅި އިންޑިއާ ސިފައިން އެބަތިބި ކަމަށްވެސް އިދިކޮޅުން އަންނަނީ ބުނަމުންނެވެ. ނަމަވެސް އެ ވާހަކަތައް ސަރުކާރުން ދޮގު ކުރެއެވެ.

 

ވަރަށް ގަދަ
40%ވަރަށް ގަދަ 10%ވަރަށް ގަޔާވޭ 30%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 20%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: