ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޑިއާ މުސްލިމުންގެ ހައްގުގައި ރާއްޖޭން އަޑު އުފުލަން އިދިކޮޅުން ގޮވާލައިފި

އިންޑިއާގައި މުސްލިމުންނަށް ކުރާ އަނިޔާތަކާއި ދެކޮޅަށް ކުރިޔަށް ގެންދިޔަ މުޒާހަރާތަކުގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިއާގެ ކުސްލިމުންނާއި ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ އަމަލުތަކާއި ދެކޮޅަށް އަޑުއުފުލުމަށް ސަރުކާރަށް އިދިކޮޅު ކޯލިޝަނުން ގޮވާލާއިފިއެވެ.

އިދިކޮޅުން އާންމުކުރި ނޫސްބަޔާނެއްގައި ބުނީ އިންޑިއާގެ މަދްޔަޕްރަދޭޝްގގައި ހިނގި ހަމަނުޖެހުމާއި ގުޅިގެން، މަދްޔަޕްރަދޭޝްގެ ހޯމް މިނިސްޓަރުގެ އަމުރަށް އެ ހަމަނުޖެހުމުގައި ބައިވެރިވި ކަމަށް ބުނާ މުސްލިމުންގެ އެތައްހާސް ބަޔަކު ގާނޫނާއި ހިލާފަށް ހައްޔަރުކޮށް އެހިސާބުގައި ދިރިއުޅޭ  މުސްލިމުންގެ ގެދޮރަށް ގެއްލުންދީ، ސުންނާފަތި ކުރަމުން ގެންދާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް އިންޑިއާ ސަރުކާރުގެ އެއަމަލު އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށެވެ.

އިންޑިއާގެ ހަމަނުޖެހުމުގައި ހިންދޫންގެ ދީނީ ހަފްލާއެއް ފާހަގަ ކުރުމަށް ހިންދޫން ހިންގި ހަރަކާތެއްގެ ތެރޭގައި އެސަރަހައްދުގެ މިސްކިތްތަކުގައި އަޅުކަން ކުރަން ތިބި މުސްލިމުންނަށް އުނދަގޫކޮށް ހިންގި ހަމަނުޖެހުމުގައި މުސްލިމުން ބައިވެރިވި ކަމަށް ތުހުމަތުކޮށް ގައުމުގައި ހެދިފައިވާ ގާނޫނުތަކާއި ބައިނަލްއަގްވާމީ މުއާހަދާތަކާއި ދެކޮޅަށް އިންޑިއާ ސަރުކާރުގެ ފަރާތުން މުސްލިމުންނާއި ދެކޮޅު ލާއިންސާނީ އަމަލު ހިންގަމުން ގެންދިއުމަކީ އެއްގޮތަކަށް ވެސް ބަލައިގައިވޭނެ ކަމެއް ނޫން ކަމުގައި އިދިކޮޅުގެ ބަޔާނުގައިވެއެވެ.

މުސްލިމުންނަށް އަނިޔާދީ މިސްކިތްތަކާއި މުސްލިމުންގެ ގެދޮރުގެ ހުރުމަތް ކަނޑާ ގެއްލުން ދިނުމުގެ ގޮތުން ހިންދޫ ޖަމާއަތްތަކުން ހިންގަމުން ގެންދާ ކަންތައްތަކަށް އިންޑިއާގެ ސަރުކާރާއި ފުލުހުން ބައިވެރިވެ އެކަންކަން ކުރުމަށް ހިތްވަރުދެމުން ގެންދާ ކަމަށް ފާހަގަވެފައިވާ ކަމުގައި އިދިކޮޅުން ވަނީ ބުނެފައެވެ.

މުސްކލިމުންނާއި ދެކޮޅު ލާއިންސާނީ އަނިޔާވެރި އަމަލުތަކެއް އިންޑިއާ ސަރުކާރުން ހިންގަމުން ގެންދާއިރު މިކަންކަމާއި ދެކޮޅަށް ދިވެހި ސަރުކާރުން އެއްވެސް އެއްޗެއް ނުބުގެ ހަނު ތިބުން އެއީ ސައްތައިން ސައްތަ މުސްލިމުން ދިރިއުޅޭ މިގައުމުގެ ރައްޔިތުން އެއްވެސް ގޮތަކަށް ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ. ވުމާއެކު އިންޑިއާގެ ލާއިންސާނީ އަމަލުތަކާއި ދެކޮޅަށް ދިވެހި ސަރުކާރުން އަޑު އުފުލުމާއެކު، ބައިނަލްއަގްވާމީ ފަރާތްތަކުގެ ސަމާލުކަމަށް އެކަން ގެނައުމުގައި ދިވެހި ސަރުކާރުން އިސްނެގުމަށް އިދިކޮޅު ކޯލިޝަނުން ގޮވާލާ ކަމުގައި ބަޔާން ކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: