ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގާނޫނުލްއުގޫބާތަށް ގެންނަން އުޅޭ ބަދަލުތަކާއި ގުޅިގެން ޑރ. ޖަމީލު ރައީސް ސޯލިހަށް ފާޑުކިޔައިފި!

ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު، “އަމިއްލައަށް ނިގޫ ގޮށްޖެހެނީ” ކަމަށް ކުރީގެ ނައިބު ރައީސް އަދި ރައީސް ޔާމީންގެ ގާނޫނީ ވަކީލު، ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތަށް އިސްލާހުތަކެއް ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހެޅުމަށް ރައީސް އޮފީހަށް ފޮނުވާފައިވާކަމަށް ބަޔާންކޮށް، އެޓާރނީ ޖެނަރަލްގެ އޮފީހުން ނެރެފައިވާ ބަޔާނަށް އިޝާރާތްކޮށް، ރައީސް ސޯލިހު ޓެގު ކުރައްވާފައިވާ ޓްވީޓެއްގައި ޖަމީލުވަނީ ގާނޫނު އަސާސީ ސަސްޕެންޑު ކުރަންވީ ނޫންތޯ ސުވާލު ކުރައްވާފައެވެ. އަދި ގާނޫނު އަސާސީގެ 27 ވަނަ މާއްދާ ސަސްޕެންޑު ކުރަންވީ ނޫންތޯ ސުވާލު ކުރައްވާ އޭނާ ވިދާޅުވީ، ރައީސް ސޯލިހު “އަމިއްލަޔަށް ނިގޫ ގޮށްޖެހެނީ” ކަމަށެވެ.

ގާނޫނު އަސާސީގެ 27 ވަނަ މާއްދާއަކީ، ހިޔާލު ފާލު ކުރުމުގެ މިނިވަންކަމުގެ މާއްދާއެވެ. މި މާއްދާގެ ދަށުން މިނިވަންކަމާއިއެކު ފިކުރު ކުރުމާއި، އިސްލާމްދީނުގެ އަސްލަކާއި ހިލާފު ނުވާގޮތުގެ މަތިން، އެމީހެއްގެ ބުއްދިއަށް ފެންނަ ގޮތްތަކާއި، ހިޔާލުތައް ދުލާއި، ގަލަމުން އަދި މިނޫންވެސް ގޮތްގޮތަށް ފާޅުކުރުމުގެ މިނިވަންކަން، ގާނޫނީ އިމުގެ ތެރެއިން ކޮންމެ ރައްޔިތަކަށްވެސް ލިބިދީފައިވެއެވެ.

އެޓަރނީ ޖެނެރަލްގެ އޮފީހުން ގާނޫނަށް ގެނައުމަށް ކަނޑައެޅިފައިވާ އިސްލާހު ތަކުގެ ދަށުން، އެހެން ގައުމެއްގެ ދިދައަށް، ގައުމީ ރަމްޒަކަށް ނުވަތަ ނިޝާނަކަށް ގެއްލުން ދިނުމާއި ބަދަލު ގެނައުން، އެހެން ގައުމަކަށް ނިސްބަތްވާ މުއައްސަސާއަކަށް ގެއްލުން ދިނުން ނުވަތަ ގެއްލުން ދިނުމަށް ގޮވާލުން، އެހެން ގައުމެއްގެ ރައްޔިތަކަށް ވީތީ ފުރައްސާރަކުރުމުގެ ގޮތުން، އަނިޔާ ދިނުން ނުވަތަ އަނިޔާއެއް ދިނުމަށް ގޮވާލުން އަދި އެހެން ގައުމެއްގެ ރައްޔިތަކަށް ވީތީ، ދިވެހި ރާއްޖެ ދޫކޮށް ދިއުމަށް ގޮވާލުން ހިމެނެއެވެ.

އެޓަރނީ ޖެނެރަލްގެ އޮފީހުން ގާނޫނަށް ގެނައުމަށް މަސައްކަތްކުރާ ބަދަލު ތަކުން އިދިކޮޅުން ހިންގަމުންދާ، “އިންޑިއާ އައުޓް” ހަރަކާތް އެއްކޮށް ހުއްޓުވާލެވިގެންދާނެއެވެ. އަދި އިންޑިއާ ސިފައިން ދިވެހި ރާއްޖެއިން ފައިބައިގެންދާން ގޮވާލާ ގޮވާލުންތައް ގާނޫނީ އިމުގެ ތެރެއިން ކުށަކަށް ކަނޑައެޅި މަނާ ކުރެވިގެންދާނެކަންވެސް ފާހަގަކޮށްލެވެއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: