ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރު އޮތީ އިންޑިއާގެ އަޅުވެތިކަމަށް ވެއްޓިފައި: އިދިކޮޅު

އިދިކޮޅުން ކުރިޔަށް ގެންދިޔަ އިންޑިއާ އައުޓް ހަރަކާތުގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިއާގެ ނުފޫޒުން ގައުމު އެއްކިބާ ކުރުމަށް ގޮވާލައި ކުރިޔަށް ގެންދާ، “އިންޑިއާ އައުޓް” ހަރަކާތަށް ސަރުކާރުން ހުރަސް އަޅަނީ މި ސަރުކާރު އެ ގައުމުގެ އަޅުވެތިކަމަށް ވެއްޓިފައި އޮތުމުންކަމަށް އިދިކޮޅު ކޮންގްރެސް ކޯލިޝަނުން ބުނެފި އެވެ.

ބަޔާނެއް އާއްމުކޮށް ޕީޕީއެމް، ޕީއެންސީން ބުނީ އިންޑިއާ އައުޓް ހަރަކާތްތަކުގައި ބައިވެރިވާ އާއްމުން އިހުތިޖާޖުތަކުގެ ތެރެއިން ޣައިރު ގާނޫނާއި ހިލާފަށް ހައްޔަރު ކުރާތީ ކަންބޮޑުވާ ކަމަށެވެ. އިދިކޮޅުން ބުނީ ފުލުހުން އެ މީހުން ހައްޔަރުކޮށް، “އިންޑީއާ އައުޓް” ނުގޮވޭނެކަމަށް ބުނެ އިންޒާރުދޭ ކަމަށެވެ. އަދި އެފަދަ ޓީޝާޓުތައް ބޭނުން ނުކުރެވޭނެކަމަށް ވެސް އެންގި ކަމަށެވެ.

ހިޔާލުފާޅުކުރުމުގެ މިނިވަންކަން ހުރިހާ ދިވެހި ރައްޔިތުންނަށް ގާނޫނު އަސާސީގެ ދަށުން ކަށަވަރުކޮށްދީފައިވާއިރު، ދިވެހި ރައްޔިތުން ގައުމުގެ ހައްގުގައި އަޑުއުފުލުމުން އެ މީހުން ހައްޔަރުކޮށް އަނިޔާ ދިނުން ކުށްވެރިކުރާކަމަށް އިދިކޮޅުން ބުންޏެވެ.

މިފަދަ އަމަލުތައް ހިންގުމަކީ ސަރުކާރު އިންޑިއާގެ އަޅުވެތިކަމުގެ ދަށަށް ވެއްޓިފައި އޮތް އޮތުމުގެ ސަބަބުން ހިންގާ ވަރަށް ދަށުދަރަޖައިގެ އަމަލެއްކަމަށް އިދިކޮޅުން ސިފަ ކުރި އެވެ. އަދި އިހްތިޖާޖުގެ ތެރެއިން މީހުން ހިފާ ހައްޔަރު ކުރުމުގައި އެއްވެސް ކަހަލަ ހަމައެއް އުސޫލެއް ނެތި ހައްޔަރުގައި، އެތައް ގަޑިއިރެއް ވަންދެން ބައިތިއްބައި ހުދުމުހުތާރު ގޮތަކަށް އަމަލު ކުރަމުންދަނީ ސީދާ ސަރުކާރުގެ އިސްވެރިންގެ އޯޑަރަށްކަމަށް ބަޔާނުގައި ވެއެވެ.

މިފަދަ މައްސަލަތައް ތަކުރުވާތީ އިދިކޮޅުން ގޮވާލީ، މިނިވަންކަމުގެ ދިފާއުގެ ހަރަކާތުގައި ބައިވެރިވާ އާއްމުން ހައްޔަރު ކުރާ މައްސަލަ ބެލުމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: