ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޑިޔާ-ރާއްޖެ ފެރީއިން ވާނެ ފައިދާތައް ނުވިސްނެނީ ކީއްވެބާއޭ ހިތަށްއަރާ: ޑރ މައުސޫމް

ޓުއަރިޒްމް މިނިސްޓަރ ޑރ އަބްދުﷲ މައުސޫމް-- ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިޔާ-ރާއްޖެ ފެރީއިން ވާނެ ފައިދާތައް ނުވިސްނެނީ ކީއްވެބާއޭ ހިތަށްއަރާކަމަށް ޓުއަރިޒްމް މިނިސްޓަރ ޑރ އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

އިންޑިޔާގެ ކޮޗިންއިން ރާއްޖެގެ ކުޅުދުއްފުށްޓަށް ސީދާ ދަތުރުތައް މިމަހުގެ 20 ވަނަ ދުވަހު ފަށާނެކަމަށް އިންޑިޔާގެ ނޫސްތަކުން ރިޕޯޓްކުރެއެވެ. އަދި ކޮންމެ މަހަކު2-3 ދަތުރު ކުރާނެކަމަށްވެސް ރިޕޯޓުކުރެއެވެ.

މިދަތުރުތަކާއި ގުޅިގެން ސިޔާސީ ލީޑަރުންގެ މެދުގައި އަދި އާންމުންގެ މެދުގައިވެސް ބޮޑެތި ހިޔާލު ތަފާތުވުންތަކެއް ވަނީ އުފެދިފައެވެ. އެގޮތުން އިދިކޮޅު ކޯލިޝަނާއި ކޯލިޝަނަށް ތާއީދުކުރާ އާންމުން އަންނަނީ މިއީ ކުރުން ރަނގަޅުކަމެއް ނޫން ގޮތުގައި ސިފަ ކުރަމުންނެވެ.

ޑރ މައުސޫމް ވިދާޅުވީ ފެރިއަކީ ކަނޑުމަގުން އެޅޭ ބްރިޖެއްކަމަށެވެ. އަދި މިފެރީގެ ސަބަބުން ފަތުވެރިކަމަށާއި އިގްތިސާދަށް ހެޔޮ ބަދަލެއް އަންނާނެކަމަށް ޑރ މައުސޫމް ވިދާޅުވިއެވެ.

ޑރ މައުސޫމް ވިދާޅުވީ ފެރީގެ ޚިދުމަތް ފެށުމުން ތިލަދުންމަތީގައ ހޮޓެލް ރޫމްތަކާއި އެންދުތައްވެސް ގިނަކުރަން ޖެހޭނެކަމަށެވެ. އަދި2022 ވަނަ އަހރުގެ މެދަކާއި ހަމައަށް ދާންވާއިރު، އެކަށީގެންވާ އަދަދެއްގެ އެނދު ގާއިމްކުރެވޭނެކަމަށް ވިދާޅުވިއެވެ.

ކޮޗިން އާއި ކުޅުދުއްފުށްޓާއި ދެމެދު ފެށުމަށް ތައްޔާރުވަމުންދާ ފެރީގެ ޚިދުމަތާއި ގުޅިގެން އިދިކޮޅު ކޯލިޝަންގެ ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ. އެއީ ބޭކާރު ހަރަދެއްގެ ގޮތުގައި އަންނަނީ ސިފަކުރަމުންނެވެ.

ވަރަށް ގަދަ
17%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 83%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: