ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނުހައްގުން ދައުލަތުގެ އެއްޗެއް ހޯދާކަށް ނޫޅެން: ޤާސިމް

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރަހިމް
ޝެއާރކޮށްލާ ކަހަލަދޯ؟

ނުޙައްގުން ދައުލަތުގެ އެއްވެސް އެއްޗެއް ހޯއްދަވަން ނޫޅުއްވާ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިނލީ ދާއިރާގެ މެންބަރުން ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ގާސިމް އެހެން ވިދާޅުވީ ގދ. ކާޑެއްދޫ އެއާޕޯޓް އަތުލި މައްސަލާގައި ވިލާ އެއާ އިން  އިސްތިއުނާފް ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ ޝަރީއަތުގެ އަޑު އެހުމުގައެވެ.

ކާޑެއްދޫ އެއާޕޯޓް ހިންގުން ވިލާ އެއާއަށް ދީފައިވަނީ 2013 ވަނަ އަހަރުއެވެ. ނަމަވެސް އޭރުގެ ސަރުކާރާއި މެދު ޚިޔާތަފާތުވުންތައް އުފެދުނު ހިސާބުން ޖެނުއަރީ، 2017 ގައި ސަރުކާރުން ވަނީ އެތަން އަތުލައިފަ އެވެ.

ވިލާ އެއާ އިން އެ މައްސަލަ ކޯޓަށް ހުށަހެޅުމުން 2018 ނޮވެމްބަރު ގައި ސިވިލް ކޯޓުން ނިންމީ އެއްބަސްވުން ބާތިލްކުރީ ގާނޫނާ ޚިލާފަށް ކަމަށާއި ގެއްލުމުގެ ބަދަލު ހޯދަން ދައުވާ ކުރުމުގެ ހައްގު ވިލާ އެއާއަށް އޮންނާނެ ކަމަށެވެ. އެ ހުކުމް މިދިޔަ އަހަރު ހައި ކޯޓުން އޮތީ ދަމަހައްޓައިފައެވެ.

ސުޕްރީމް ކޯޓުގައި އޮތް ޝަރީއަތުގެ އަޑު އެހުމުގައި ޤާސިމް ވިދާޅުވީ ވިލާ އިން ދައުލަތާއި ދެކޮޅަށް ކުރަނީ ޙައްގު ދައުވާއެއް ކަމަށެވެ. އަދި އެއްވެސް ކގޮތަކަށް ބޭ އިންސާފުން ސަރުކާރުން އެއްޗެއް ހޯދައިގަތުމުގެ ބޭނެއް ކަމަށެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ސަރުކާރުން އެތަން އަތުލީ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ މިންގަނޑުތަކާ ޚިލާފަށް އެތަން ހިންގާ ކަމަށް ބުނެއެވެ. އެކަމާއި ގުޅިގެން ގާސިމް ވިދާޅުވީ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ މިންގަނޑުތަކާ ޚިލާފަށް ކާޑެއްދޫ އެއާޕޯޓް ހިންގި ނަމަ، އެތަން އަތުލުމުގެ ކުރިން އޮޕަރޭޝަންސް ހުއްޓާލަން އަންގާފައި އޮންނާނެ ކަމަށެވެ.

ޤާސިމް ވިދާޅުވީ މިންގަނޑުތަކާ ޚިލާފުވި ނަމަ ތިން އަހަރު ވަންދެން ކާޑެއްދޫ އެއާޕޯޓު  ހިންގުން ވިލާ އެއާއަށް ދީފައި ނޯންނާނެ ކަމަށެވެ. އަދި އެއާޕޯޓަށް ބޭނުންވާ އެކި މެޝިނަރީ ހޯދުމަށް 114 މިލިއަން ރުފިޔާ ވިލާ އިން ޚަރަދުކުރި ކަމަށާއި މިހާރު ވެސް އެތަން ހިންގަނީ ކުރިންވެސް ހިންގަމުން އައި ގޮތަށް ކަމަށް ގާސިމް ވިދާޅުވި އެވެ.

މީގެ އިތުރުން ގާސިމް ވިދާޅުވީ އޭރު ތިން އަހަރު ވަންދެން ސަރުކާރުން އައީ ޖެއްސުން ކުރަމުން ކަމަށާއި އެ އެއްބަސްވުމުގެ ދަށުން ސަރުކާރުން ވިލާ އަށް ދޭން ޖެހުނު ބ. މެންދޫ އެ ކުންފުންޏާ ހަވާލު ނުކުރަން އެތައް ބަހަނާއެއް ދެއްކި ކަމަށެވެ.

ވިލާ އެއާގެ ވަކީލް އަހުމަދު މުއިއްޒު ވިދާޅުވީ ސިވިލް އޭވިއޭޝަން އޮތޯރިޓީން އަބަދުވެސް އެއާޕޯޓްތައް އިންސްޕެކްޓް ކުރާ ކަމަށެވެ. އަދި ވަގުތުން އެއާޕޯޓް ހުއްޓާލަންޖެހޭ މައްސަލައެއް ފެނުނު ނަމަ، އެގޮތަށް އަންގާފައި އޮންނާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ ސަރުކާރުން މެންދޫ ވިލާ އެއާ އާ ހަވާލު ނުކުރުމަކީ އެ އެއްބަސްވުމާ ދައުލަތުން ވެސް ޚިލާފްވުން ކަމަށާއި އެހެންވެ އެއްބަސްވުމާ ޚިލާފްވީ ވިލާ އެއާއިން ކަމަށް ބުނުމުގެ ފުރުސަތު ދައުލަތަށް ނޯންނާނެ ކަމަށެވެ.

ޝަރީއަތުގެ މަޖިލީހުގައި ދައުލަތުން ބުނީ ކާޑެއްދޫ އެއާޕޯޓް ވިލާ އެއާ އިން ހިންގަމުން ދިޔައީ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ސަލާމަތީ މިންގަނޑުތަކާ އެއްގޮތަށް ނޫން ކަމަށެވެ. އަދި އެއީ އެއްބަސްވުމާ ޚިލާފުވުން ކަމަށާއި އެކަންކަން ރަނގަޅު ކުރަން ވިލާއަށް ސިވިލް އޭވިއޭޝަން އޮތޯރިޓީން އިތުރު ފުރުސަތެއް ދިންތޯ ބަލަން ނުޖެހޭ ކަމަށެވެ.

މި މައްސަލަ ބައްލަވާ، ފަނޑިޔާރު ހުސްނުއް ސުއޫދާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރު އަޑުއެހުން ނިންމާލީ އިތުރު އަޑުއެހުމެއް ފަހުން ބާއްވާނެ ކަން އިއުލާންކުރުމަށް ފަހު އެވެ.

ވަރަށް ގަދަ
10%ވަރަށް ގަދަ 20%ވަރަށް ގަޔާވޭ 40%ބޮޑު ޖޯކެއް 10%ހައިރާންވެއްޖެ 10%ވަރަށް ދެރަ 10%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: