ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީންގެ މުދާ ނަގައިދޭން އެދުނު އަމުރަކީ، ޣައިރު ގާނޫނީ އަމުރެއް: ޑރ. ޖަމީލް

ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމާއި، އެމަނިކުފާނުގެ ގާނޫނީ ވަކީލް ޑރ. ޖަމީލް އަދި ވަކީލް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ލިބިފައިވާކަމަށް ތުހުމަތު ކުރާ އާމްދަނީ އާއި ނުބައްދަލު މުދާ ދައުލަތަށް ނެގުމަށް ދައުލަތުން އެދިފައިވާ އަމުރަކީ ޣައިރު ގާނޫނީ އަމުރެއްކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލު ޑރ. މުހަމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީންގެ މައްޗަށް އިތުރު ދެ ދައުވާއެއް އުފުލާ ކްރިމިނަލް ކޯޓުގައި ފަށާފައިވައިރު، މައްސަލައިގެ އިބްތިދާއީ މަރުހަލާ އިއްޔެ ކުރިޔަށް ގެންދިޔައެވެ. މަނީ ލޯންޑާރ ކުރެއްވުމާއި، އަދި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާގެ އަޑުއެހުންތައް ފެށިތާ ދުވަސްތަކެއް ވީ ނަމަވެސް އެ އަޑުއެހުމުގައި ރައީސް ޔާމީން ވިދާޅުވީ، އެމަނިކުފާނަށް ދައުވާ ސާފުނުވާ ކަމަށެވެ.

ދައުލަތުން ވަނީ ރައީސް ޔާމީންގެ މައްޗަށް ކުރާ ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާ އިއްވާފައެވެ. އެ ދައުވާ ސާބިތުވެއްޖެނަމަ ރައީސް ޔާމީންގެ މައްޗަށް އަންނާނީ ތިން އަހަރުގެ ހުކުމެކެވެ. ދައުވާ އިއްވުމަށްފަހު ދައުލަތުން އެދުނީ ރައީސް ޔާމީން ރިޝްވަތުގެ ގޮތުގައި ނެންގެވި އެއް މިލިއަން ޑޮލަރާއި، އެމަނިކުފާނުގެ މިލްކިއްޔާތުގައި ހުރި އާމްދަނީ އާއި ނުބައްދަލު މުދާ ދައުލަތަށް ނެގުމަށެވެ.

ދައުލަތުން ކޯޓުގައި ފާހަގަކުރި ނުކުތާތަކަށް ޑރ. ޖަމީލް ވިދާޅުވީ ގާނޫނުގެ ދަށުން ކޮންމެ މީހަކަށް ވެސް މުދާ ހޯދުމާއި ލިބިގަތުމުގެ ހައްގު ލިބިގެންވާ ކަމަށެވެ. އަދި އެއީ ގައިރު ގާނޫނީ އަމުރެއްގެ ގޮތުގައި ޑރ. ޖަމީލް ވިދާޅުވިއެވެ. ޑރ. ޖަމީލް ވިދާޅުވީ މީހެއްގެ އަތުގައި މުދަލެއް ހުރުމާއި އެކީ، އެ މީހަކީ އެއީ ކުށްވެރިއެއްގެ ގޮތުގައި ކަނޑައަޅާ މުދާ ނެގުން އެއީ ގާނޫނު ދަންނަ ހަމައެއް ނޫން ކަމަށެވެ.

”މީހެއްގެ އަތުގައި އެއްޗެއް ހުރުމާއެކީގައި އެ މީހަކީ ކުށްވެރިވާ، އެ އެއްޗަކީ ނެގެންޖެހޭ އެއްޗެއްކަމަށް ބަޔާންކޮށްފައި ނެތް ގާނޫނުގައެއް. އެހެންވީމާ އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުމެން މިއަދު ހަގީގަތުގައި ކުރި މަސައްކަތަކީ އެއީ، މި ދައުވާ އާއި ހަމައަށް ވާސިލުވުމުގެ ކުރިން އަޅުގަނޑުމެންނަށް ލިބެންޖޭހޭ ހައްގުތަކެއް ހުރި ވާހަކަ. އެއީ އިސްތިއުނާފު ކުރުމުގެ ހައްގު. ލިޔެކިއުންތަކެއް ނުލިބުމުގެ ހައްގު.“ ޑރ. ޖަމީލް

ދައުލަތުން އެދިފައިވަނީ ރ. ފުއްގިރި ކުއްޔަށް ދީގެން ރައީސް ޔާމީން ރިޝްވަތުގެ ގޮތުގައި ނެގި 1 މިލިއަން ޑޮލަރާއި އެމަނިކުފާނުގެ މިލްކިއްޔާތުގައި ހުރި އާމްދަނީ އާއި ނުބައްދަލު މުދާ ދައުލަތަށް ނެގުމަށެވެ.

ދައުވާ ސާފުކުރުމަށް ކުރިޔަށް ގެންދިޔަ އެ އަޑުއެހުމުގައި ރައީސް ޔާމީންގެ ފަރާތުން ގިނަ ޝަކުވާތަކެއް އިވިގެން ދިޔައެވެ. އޭގެ ތެރޭގައި މައްސަލައިގެ ލިޔެކިއުންތައް ހަމައަށް ލިބިފައިނުވުމާއި އެކު، ދައުވާ ސާފު ނުވާކަމަށް އެމަނިކުފާނު ތަކުރާރު ކުރެއްވިއެވެ.

ރައީސް ޔާމީން ވިދާޅުވީ މައްސަލައިން ދިފާއުވާން ބޭނުންފުޅުވާ ކަމަށާއި، އެ މަސައްކަތް ކުރެވެން އޮތީ ލިޔުންތައް ލިބިގެން ކަމަށެވެ. އަދި އެއީ ގާނޫނު އަސާސީގެ ދަށުން އެމަނިކުފާނަށް ލިބިގެންވާ ހައްގެއް ކަމަށް ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ ނިމިދިޔަ އެތައް ޝަރީއަތެއްގައި ވެސް އެމަނިކުފާނުގެ ހައްގުތަކެއް ގެއްލިފައިވާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: