ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުޑަކުދިންތަކެއް ލިޔެފައިވާ ދެ ފޮތެއް ރައީސުލްޖުމްހޫރިއްޔާއަށް ހަދިޔާކުރައްވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

’ވިޝަން 2040‘ އަދި ’2040 ވަޓް ވުޑް އިޓް ބީ ލައިކް؟‘ ގެ ނަމުގައި 2040 ގެ ތަސައްވުރާ ގުޅޭގޮތުން ދިވެހި ކުޑަކުދިންތަކެއް ލިޔެފައިވާ ދެ ފޮތެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހަށް ހަދިޔާކުރައްވައިފިއެވެ.

މިދެ ފޮތް ރައިސަށް ހަވާލުކުރައްވާފައިވަނީ އުގައިލް ފައުންޑޭޝަނާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ)ގެ ފަރާތުންނެވެ. މި ދެ ފޮތް އެ މަނިކުފާނުގެ އަތްޕުޅަށް އަރުވާފައި ވަނީ މިކަމަށްޓަކައި  ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ޚާއްސަ ހަފުލާއެއްގައެވެ.

މި ދެ ފޮތަކީ ޕްރޮފެސަރ ޙަސަން އުގައިލްގެ އުގައިލް ފައުންޑޭޝަންގެ ކިޑްސް ސަރކަލްއިން އެކުލަވައިލާ ތައްޔާރުކޮށްފައިވާ ދެ ފޮތެވެ. މީގެތެރެއިން ’ވިޝަން 2040‘ ފޮތަކީ ހަތް އަހަރާއި 10 އަހަރާ ދެމެދުގެ ކުޑަކުދިންތަކެއް، އެ ކުދިން 2040 ވަނަ އަހަރު ދުނިޔެ އޮންނާނެކަމަށް ތަސައްވުރު ކުރާ ގޮތާ ގުޅޭގޮތުން ލިޔެފައިވާ ފޮތެކެވެ.

’2040 ވަޓް ވުޑް އިޓް ބީ ލައިކް؟‘ ފޮތަކީ 11 އަހަރާއި 14 އަހަރާ ދެމެދުގެ ކުޑަކުދިންތަކެއް 2040 ވަނަ އަހަރުގެ ތަސައްވުރާ ގުޅޭގޮތުން އެކުލަވައިލާފައިވާ ފޮތެކެވެ. އެ ގޮތުން މީގެ 20 އަހަރު ފަހުން ދުނިޔޭގެ ކަންކަން އޮންނާނެގޮތުގެ ތަސައްވުރާއި، މީހުން އަދާކުރާނެ ވަޒީފާތަކާއި، ޗުއްޓީ ހޭދަކުރުމަށް ޖައްވަށް ދަތުރުފަތުރު ކުރުމާއި، އައު ހޯދުންތަކާއި، އެފަދަ އެތައްކަމެއް އެ ކުދިންގެ ތަސައްވުރުގައި ހުރިގޮތް މި ދެ ފޮތުގައި ލިޔުމުންނާއި ކުރެހުމުގެ ޒަރީޢާއިން ހިމަނާފައިވެއެވެ.

ފޮތްތަކަށް ނަންދިނުމުން ފެށިގެންގޮސް ބަނޑޭރިގަނޑާއި ފޮތުގެ ހުރިހާ ކޮންޓެންޓެއް ތައްޔާރުކޮށްފައި ވަނީ ކުޑަކުދިންނެވެ. މި ދެ ފޮތް ތައްޔާރުކުރުމުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން 400 އަށް ވުރެ ގިނަ ކުދިން އޮންލައިންކޮށް ބައިވެރިވެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: