.ފޮނަދޫގައި ކޮވިޑު ފެތުރިފައިވާ މިންވަރު ދެނެގަތުމަށްޓަކައި 125 ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް ފަށަަަަަަަަަައިފިއެވެ
ފޮނަދޫ ސިއްހީ މަރުކަޒުން ބުނީ ފޮނަދޫއިން ރޭމްޑަމް ސޭމްޕަލް ނެގުމުގެ މަސައްކަތް ފެށިފައިވާ ކަމަށާއި މިކަމުގައި ރައްޔަތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުމަށް ޝުކުރުވެރިވާ ކަމަށެވެ.
ޖުމްލަ 125 ސާމްޕަލް ނެގުމަށް ހަމަޖެހިފައިވާއިރު އޭގެތެރޭގައި ހިމެނެނީ ފްރަންޓްލައިން ސްޓާފުންގެ ތެރެއިން 10 ސާމްޕަލް އާއި ކެފޭ ރެސްޓޯރެންޓްތަކުން ހަތް ސާމްޕަލް، ފިހާރަތަކުން 10 ސާމްޕަލް، ރަށުގައި ތިބި ބިދޭސީންގެ 15 ސާމްޕަލް، ބޯޓުތަކުގައި ތިން ސާމްޕަލް، ޓެކްސީ ޑްރައިވަރުންގެ ތެރެއިން ފަސް ސާމްޕަލް އަދި އެ ރަށުގެ އެކި ގެތަކުން 70 ސާމްޕަލް ކަމަށް ސިއްހީ މަރުކަޒުން ބުނެއެވެ.
ފޮނަދޫ އިން ޕޮޒިޓިވްވީ ކޮވިޑްގެ ހާލަތު ގޯސްވެފައިވާ ގއ. ދެއްވަދޫ އިން މިދިޔަ މަހުގެ 27 ވަނަ ދުވަހު އެރަށަށް ދިޔަ ހަތަރު މީހެކެވެ.

