ވ. ތިނަދޫ ފަޅުގައި އޮތް ލޯންޗެއްގައި ރޯވެ އެ ލޯންޗުގެ ކެޕްޓަން ފިހިއްޖެއެވެ.
ފުލުހުން ބުނީ، ތިނަދޫ ބަނދަރުގައި އޮތް ލޯންޗެއްގައި އަލިފާން ރޯވެފައިވާކަމުގެ މަޢުލޫމާތު ލިބިފައިވަނީ ހެނދުނު 07:49 ހާއިރުކަމަށާއި، މިހާތަނަށް ބެލިބެލުމުން އަލިފާން ރޯވެފައިވަނީ ލޯންޗު ސްޓާޓްކުރި ވަގުތު ބެޓެރީގައި ރޯވެގެންކަމަށް މަޢުލޫމާތު ލިބިފައިވާކަމަށެވެ. މިހާދިސާ ހިނގިއިރު ލޯންޗުގައި ހުރި މީހެއްގެ ފައި ފިހި އަނިޔާވެފައިވާކަމަށް ފުލުހުން ބުނެއެވެ.
މިޙާދިސާގައި އަލިފާން ރޯވެ ލޯންޗު ވަނީ ބޭނުން ނުކުރެވޭވަރަށް ހަލާކުވެ އަޑިއަށް ގޮސްފައިކަމަށްވެސް ފުލުހުން ބުނެއެވެ. މިޙާދިސާއާއި ގުޅޭގޮތުން ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށްވެސް ފުލުހުން ބުނެއެވެ.

