އެމެރިކާގެ އިންތިހާބީ ރައީސް ޖޯ ބައިޑެން ހުވާ ކުރުމުގެ ރަސްމިއްޔާތައް އެންމެ ފަހުގެ ތައްޔާރީތަށް އެމެރިކާއިން ވާން ފަށައިފިއެވެ.
އެމެރިކާގެ 46 ވަނަ ރައީސްގެ ގޮތުގައި މިއަދު ބައިޑެން މަގާމާއި ހަވާލުވާއިރު މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބައިޑެން ހުވާ ކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިއެއް ނުވާނެއެވެ.
ބައިޑެން ހުވާ ކުރެއްވުމުގެ ރަސްމިއްޔާތައް އެމެރިކާގެ ހުރިހާ ސަރަހައްދެއްގެ ސަލާމަތީ ކަންކަން ވަނީ ވަރަށް ބޮޑަށް ވަރުގަދަކޮށްފައެވެ.
އެގައުމުގެ މީޑިއާތަކުގައި ރިޕޯޓް ކޮށްފައިވާގޮޮތުން ހުވާ ކުރުމުގެ ރަސްމިއްޔާތުގެ ސަލާމަތީ ކަންކަން ބަލަހައްޓަން ވަނީ 25000 ސިފައިން ނެރެފައެވެ.
ބައިޑެން ހުވާ ކުރެއްވުގެ ރަސްމިއްޔާތު ފަށާނީ އެމެރިކާގެ ރާއްޖޭ ގަޑިން މިރޭ 21:30 ގައެވެ.

