ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލޭގެ ފިހާރައަކުން ވައްކަން ކުރަން އުޅުނު ބަޔަކު ހައްޔަރުކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ގަލޮޅުގައި ހުރި ފިހާރައަކުން ވައްކަން ކުރަން އުޅުނު ހަތަރު މީހުން ހައްޔަރުކޮށް މައްސަލަ ތަހުގީގު ކުރަން ފަށައިފިއެވެ.

ފުލުހުން ބުނީ މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 34 އަހަރުގެ ފިރިހެނަކާއި 43 އަހަރުގެ ތިން ފިރިހެނުން ކަމަށެވެ.

މިމީހުން ހައްޔަރުކޮށްފައިވަނީ ގަލޮޅު ފިހާރައެއްގެ ތެރޭގައި ބަޔަކު އުޅޭކަމަށް ރޭ 04:10 އެހާކަންހާއިރު ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން އެވަގުތު މާލެތެރެ ޕެޓްރޯލް ކުރުމުގައި ހަރަކާތްތެރިވަމުންދިޔަ ފުލުހުން ކަމަަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ މިމީހުން ހައްޔަރުކޮށް ބަލައިފާސްކުރިއިރު ފިހާރައިން ވަގަށް ނަގާފައިވާ ސިނގިރޭޓް ކާޓޫންތަކެއްގެ އިތުރުން އެނަރޖީ ޑްރިންކްސްތަކަކާއި 3900 އަށްވުރެ ގިނަ ރުފިޔާ އެމީހުންގެ އަތުން ފެނިފައިވާ ކަމަށެވެ.

މިމައްސަލަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ދަނީ ތަހުގީގު ކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: