ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެއިން ބޭރުން ތަރުކާރީއާއި މޭވާ މަކަރާއި ހީލަތުން އެތެރެކޮށް، ނުއަގުގައި ވިއްކާ މައްސަލަ!

ޝެއާރކޮށްލާ ކަހަލަދޯ؟

މަކަރާއި ހީލަތުން ދިވެހިރާއްޖެއަށް ތަރުކާރީއާއި މޭވާ އެތެރެކޮށް، ރާއްޖެއިން ބޭރުގެ އެކި ކުންފުނިތަކަށް ދަންކަންޖެހޭ ފައިސާ ނުދައްކާ މައްސަލަތަކެއް ފުލުހުންނަށް ހުށަހަޅައިފިއެވެ.

ފުލުހުން ބުނީ މި ޖަނަވަރީ މަހުގެ 16 ވަނަ ދުވަހު ފުލުހުން ހިންގި އޮޕަރޭޝަނެއްގަައި، މާލޭގެ ދެ ގެއަކާއި ތިން އެޕާޓްމަންޓަކާއި އޮފީހެއް ބަލައިފާސްކޮށްފައިވާ ކަމަށާއި މި އޮޕަރޭޝަނުގައި ބަލައިފާސްކުރި ތަންތަނުން، ފުލުހުންނަށް ހުށަހެޅިފައިވާ މައްސަލަތަކާ ގުޅުންހުރި ގިނަ ހެކިތަކެއް ހޯދާފައިވާ ކަމަށެވެ.

ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން މައުލޫމާތު ދޭގޮތުގައި މަކަރާއި ހީލަތުން ރާއްޖެއަށް ތަކުރާރުކޮށް ތަރުކާރީއާއި މޭވާ އެތެރެކޮށް، ރާއްޖެއިން ބޭރުގެ ކުންފުނިތަކަށް ދައްކަންޖެހޭ ފައިސާ ނުދައްކާ 10 މައްސަލައެއް ފާއިތުވި އަހަރު ހުށަހެޅިފައިވާއިރު، މިޖަނަވަރީ މަހު މިފަދަ އެއް މައްސަލަ  ހުށަހެޅިފައިވާ ކަމަށެވެ.

އަދި މިގޮތަށް އެތެރެކުރާ ތަރުކާރީއާއި މޭވާ ރާއްޖޭގެ ބާޒާރުގެ އަގަށްވުރެ އާދަޔާ ޚިލާފަށް ހެޔޮއަގަށް  ވިއްކަމުންދާކަން ތަހްގީގަށް ފާހަގަކުރެވިފައިވާ ކަމަށާއި އެހެންކަމުން މިކަމަކީ ދިވެހި ވިޔަފާރަވެރިންގެ އިތުރުން ގައުމުގެ އިގުތިޞާދަށް އޭގެ ސަބަބުން ނޭދެވޭ އަސަރުތަކެއް ކުރަމުންދާނެ ކަމެއް ކަމަށް ފުލުހުން ބުނެއެވެ. އަދި ވިޔަފާރި ކުރާ ފަރާތްތަކުން މިފަދަ ކަންކަމަށް މިހާރަށްވުރެ ބޮޑު ސަމާލުކަމެއް ދިނުމަށްވެސް އެޑިޕާޓްމަންޓުން އިލްތިމާސްކުރެއެވެ.

ދިވެހިރާއްޖެއަކީ އިމްޕޯޓަށް ބަރޯސާވާ ގައުމަކަށްވެފައި މަދުބައެއްގެ މިފަދަ އަމަލުތަކަކީ އޭގެ ސަބަބުން ވިޔަފާރަވެރިންގެ އިތުބާރު ބޭރު ގައުމުތަކުގައި ގެއްލޭނެ ކަމަކަށްވާތީ، މިފަދަ އަމަލުތަކަށް މިހާރަށްވުރެ ބޮޑަށް ސަމާލުކަންދީ އެފަދަ އަމަލުތައް ހިންގާ ފަރާތްތަކުގެ އަތުން ނުއަގުގައި މުދާ ނުގަތުމަށާއި މިކަންކަމަށް ހިއްވަރުނުދިނުމަށް ފުލުހުން އިލްތިމާސް ކުރެއެވެ. އަދި މިފަދަ އެއްވެސް ކަމެއް ފާހަގަކުރެވިއްޖެނަމަ އެ ކަމުގެ މައުލޫމާތު ވީ އެންމެ އަވަހަކަށް ފުލުހުންނަށް ހިއްސާކުރެއްވުމަށް ފުލުހުން އެދެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: