ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންތިހާބަށް ކުރިމަތިލި 188 ކެންޑިޑޭޓަކު ނަން އަނބުރާ ގެންގޮސްފި

ރިޔާސީ އިންތިހާބުގެ ވޯޓުގުނުމުގެ މަރުހަލާގެ ތެރެއިން/ ފޮޓޯ: އެޑިޝަން
ޝެއާރކޮށްލާ ކަހަލަދޯ؟

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވާދަކުރަން ކުރިމަތިލި ކެންޑިޑޭޓުންގެ ތެރެއިން 188 ކެންޑިޑޭޓަކު ނަން އަނބުރާ ގެންގޮސްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހާމަކޮށްފިއެވެ.

އޭގެ ތެރޭގައި ހިމެނެނީ  ކައުންސިލްއި ންތިޚާބަށް ކުރިމަތިލި 117 ކެންޑިޑޭޓަކު އަދި އަންހެނުންގެ ތަރައްގީގެ ކޮމިޓީތަކުގެ އިންތިޚާބަށް ކުރިމަތިލި 71 ކެންޑިޑޭޓެެެެެެކެވެ.

އެމްޑީޕީގެ 84 ކެންޑިޑޭޓަކު މިހާތަނަށް ނަން އަނބުރާ ގެންގޮސްފިއެވެ.

އަމިއްލަ ގޮތުން ވާދަކުރަން ކުރިމަތިލި 67 ކެންޑިޑޭޓަކު މިހާތަނަށް ނަން އަނބުރާ ގެންގޮސްފައިވެއެވެ.

ޕީޕީއެމް އާއި ޕީއެންސީގެ 27 ކެންޑިޑޭޓަކު މިހާތަނަށް ނަން އަނބުރާ ގެންގޮސްފައިވެއެވެ.

ޖުމްހޫރީ ޕާޓީގެ ނުވަ ކެންޑިޑޭޓަކާއި އެމްޑީއޭގެ ކެންޑިޑޭޓަކު ވެސް ނަން އަނބުރާ ގެންގޮސްފައިވެއެވެ.

އެންމެ ފުރަތަމަ މިދިޔަ އަހަރުގެ އޭޕްރީލް މަހަށް ތާވަލުކުރި ކައުންސިލް އިންތިޚާބު ފަސް ކުރަން ޖެހުނީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތު ކުރިމަތިވެ މުޅި ރާއްޖެ ފުރަބަންދަކަށް ދާން ޖެހުުމުގެ ސަބަބުންނެވެ. މިހާރު ނިންމާފައިވަނީ މި އަހަރުގެ އޭޕްރީލް މަހުގެ 10 ވަނަ ދުވަހު އިންތިޚާބު ބާއްވާ ގޮތަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: