ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އޮމަދޫގައި ހިނގި ހަމަނުޖެހުމެއްގައި އަނިޔާވި ކުއްޖަކު މާލެ ގެނެސްފި

ޝެއާރކޮށްލާ ކަހަލަދޯ؟

އދ. އޮމަދޫގައި ހިނގި ހަމަނުޖެހުމެއްގައި ކުޑަ ކުއްޖަކަށް ސީރިއަސް އަނިޔާތަކެއް ވެއްޖެ އެވެ.

ފުލުހުން ވިދާޅުވީ، މިއަދު 18:10 ހާއިރު އެރަށު ދަނޑުމަތީގައި ކުޅެން އުޅުނު ކުދިބައެއްގެ މެދުގައި ހިނގި ހަމަނުޖެހުމެއްގައި 18 އަހަރުން ދަށުގެ ކުއްޖަކަށް އަނިޔާވެގެން މާލެ ގެނެސްފައިވާ ކަމަށެވެ.

އެ ކުއްޖާއަށް ފަރުވާދެމުން ދަނީ އައިޖީއެމްއެޗްގައެވެ.

މި ކުއްޖާއަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާކަމުގެ މަޢުލޫމާތު ލިބިފައިވީ ނަމަވެސް، އައިޖީއެމް ހޮސްޕިޓަލްގެ ބަހެއް ނުލިބޭތީ އެ ކުއްޖާގެ ހާލު ކަށަވަރު ކުރެވޭގޮތް ވަނީ ނުވެފައެވެ.

އޮމަދޫއިން “ސަންގު” އާ ވާހަކަދެއްކި މީހަކު ބުނީ، ހަމަނުޖެހުން ހިނގާފައިވަނީ އަނިޔާވި ކުއްޖާއާ އެއް އުމުރެއްގެ ކުދިންތަކެއްގެ މެދުގައިކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: