ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑް ވެކްސިން ދިނުމާ ގުޅޭ އުސޫލު ކަނޑައެޅުމަށް ހާއްސަ ބިލެއް

ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 ވެކްސިން ދިނުމާ ގުޅޭ އުސޫލުތައް ކަނޑައެޅުމަށް ހާއްސަ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ސަރުކާރުގެ ފަރާތުން ނިންމައިފިއެވެ.

ރައްޔިތުންގެ މަޖިލީހަށް މިއަހަރުގެ ފުރަތަމަ ދައުރުގައި ހުށަހެޅުމަށް ނިންމާފައިވާ ބިލްތަކުގެ މައުލޫމާތު ބަންޑާރަނައިބުގެ އޮފީހުން ހައްސާކޮށްފައިވާއިރު، އޭގެތެރޭގައި 33 ބިލެއް ހިިމެނެއެވެ.

އޭގެތެރޭގައި “ކޮވިޑް ވެކްސިން ދިނުމާގުޅޭ އުސޫލުތައް ކަނޑައެޅުމުގެ ބިލު” ހިމެނެއެވެ.

ރާއްޖެއިން މިހާތަނަށް 33،000 އަށް ވުރެ ގިނަ މީހުންނަށް ކޮވިޑް-19 ގެ ވެކްސިން ވަނީ ދީފައެވެ.

މާލެ ސަރަހައްދުން މިހާތަނަށް 27،065 މީހަކަށް ވެކްސިން ދީފައިވާއިރު އަތޮޅު ތެރެއިން މިހާތަނަށް 6041 މީހަކަށް ވެކްސިން ދީފައިވާ ކަމަށް އެޗްޕީއޭ އިން ހާމަކުރެއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: