ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

30،00 އަށްވުރެ ގިނަ ދަރިވަރުން ވެކްސިން ފުރިހަމަ ކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ސްކޫލް ކުދިންގެ ވެކްސިން ޕްރޮގްރާމްގެ ދަށުން 30571 ދަރިވަރަކު ކޮވިޑް ވެކްސިން ފުރިހަމަ ކޮށްފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީ އިން ބުނީ ރާއްޖޭގެ އާބާދީގެ 12 އަހަރާއި 17 އަހަރާ ދެމެދުގެ 36،029 ދަރިވަރުން ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާކަމަށެވެ. އޭގެތެރެއިން ވެކްސިންގެ ދެވަނަ ޑޯޒު 30،571 ދަރިވަރުން ފުރިހަމަކޮށްފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.

ސްކޫލްތަކުގައި އުމުރުން 12 އަހަރުން މަތީގެ ދަރިވަރުންގެ ތެރެއިން ވެކްސިން ޖެހޭނެ، ގާތްގަޑަކަށް 40000 ދަރިވަރުން ތިބިކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.

ސުކޫލް ކުދިންގެ ވެކްސިން ޕްރޮގްރާމް ފަށައިފައިވަނީ އޮގަސްޓް މަހުގެ 15 ވަނަ ދުވަހު އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: