ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގައި ކޮވިޑު ބޫސްޓަރ ޑޯޒް ޖެހި މީހުންގެ އަދަދު 18،000 އިން މައްޗަށް!

ކޮވިޑުން-19 އިން ދިފާއުވުމަށް ޖަހާ ކޮވިޑު ވެކްސިން ޕްރޮގްރާމުގެ ތެރެއިން/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގައި ކޮވިޑު 19 ގެ ބޫސްޓަރ ޑޯޒް ޖެހި މީހުންގެ އަދަދު 18،000 އަށް ވުރެ މައްޗަށް އަރާފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

ހެލްތު ޕްރޮޓޭކްޝަން އެޖެންސީ (އެޗްޕީއޭ) އިން ރޭ ނެރުނު ތަފާސްހިސާބުތަކުން ދައްކާ ގޮތުން ރާއްޖޭގައި 18،124 މީހުން ވަނީ ބޫސްޓަރ ޑޯޒް ޖަހާފަ އެވެ. އެގޮތުން އިއްޔެ އެކަނި ވެސް ރާއްޖޭގައި 924 މީހަކު ވަނީ ބޫސްޓަރ ޑޯޒް ޖަހާފައި ވެއެވެ.

ކޮވިޑު ގެ ބޫސްޓަރ ޑޯޒް ޖެހި މީހުންގެ ތެރެއިން އިއްޔެ ގްރޭޓަރ މާލެ އޭރިއާ އިން 309 މީހަކު ޖަހާފައިވާ އިރު، އަތޮޅުތަކުގެ ތެރެއިން 615 މީހުން ވަނީ ބޫސްޓަރ ޑޯޒް ޖަހާފަ އެވެ. ކޮވިޑު 19 ގެ އައު ވޭރިއެންޓް ކަމަށްވާ “އޮމިކްރޯން” ދުނިޔޭގެ ހިސާބުތަކުގައި ފެތުރެމުން ދާތީ، އެކަމުން ރައްކާތެރިވުމަށް ރާއްޖޭގެ އާބާދީއަށް ބޫސްޓަރ ޑޮޒް ޖެހުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

މިހާތަނަށް ރާއްޖޭގައި ކޮވިޑު 19 ވެކްސިންގެ ދެވަނަ ޑޯޒް ޖަހާފައިވާ މީހުންގެ އަދަދު 365،177 އަށް އަރާއިރު، ފުރަތަމަ ޑޯޒް ޖަހާފައިވާ މީހުންގެ އަދަދު 396،106 އަށް އަރަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: