ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

”ރާއްޖޭގާ އެހެން ދީންތައް ފެތުރުމަށް ކުރަމުންދާ މަސައްކަތަށް ސަރުކާރުން ފުރުޞަތު އެބަދޭ“

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގާ އެހެން ދީންތައް ފެތުރުމަށް އެކި ފަރާތްތަކުން ކުރަމުންދާ ކަންކަމަށް ސަރުކާރުން ފުރުޞަތު އެބަދޭ ކަމަށް މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި އޭދަފުށި ދާއިރާގެ މެންބަރު އަހްމަދު ސަލީމް ވިދާޅުވެއްޖެއެވެ.

ސަލީމް މިފަދައިން ވިދާޅުވެފައިވަނީ ރިޔާސީ ބަޔާނަށް ޖަވާބު ދިނުމުގެ ގޮތުން މަޖިލީހުގައި އިއްވި ބަޔާނުގައެވެ.

ސަލީމް ވިދާޅުވީ ދިވެހި ދައުލަތުގެ ދީނަކީ އިސްލާމް ދީންކަމަށާއި ދިވެހި ޤައުމިއްޔަތާ ދިވެހިންގެ ސިލްމާއި ސަލާމަތާ ދިވެހިންނަށް ލިބިފައިވާ ތަހުޒީބާއި ތަމައްދުންގެ ބިންގަލަކީ އިސްލާމްދީންކަމަށެވެ.

އަދި ދިވެހިރާއްޖޭގެ ޤާނޫނުތަކުގެ މައިގަނޑު މަސްދަރަކީ އިސްލާމް ދީންކަމަށް ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާއިރު، އިސްލާމް ދީނުގެ އަސްލަކާ ޚިލާފު އެއްވެސް ޤާނޫނެއް ނުހެދޭނެކަމަށް ޤާނޫނުއަސާސީގެ 10 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަމަށް ސަލީމް ވިދާޅުވިއެވެ.

”ނަމަވެސް، ރާއްޖޭގާ އެހެން ދީންތައް ފެތުރުމަށް އެކި ފަރާތްތަކުން ކުރަމުންދާ ކަންކަމަށް ސަރުކާރުން ފުރުޞަތު އެބަދޭ. މިއަހަރުގެ ޖެނުއަރީ މަހުގެތެރޭގައި މާލޭގެ ކުޅިވަރު އެކުވެނީގައި އެފަދަ ކަމެއް ބާއްވާފައިވޭ. މިއީ އިސްލާމްދީނާ ޤައުމު ދެކެ ލޯބިވާ އެތައް ބަޔަކު ކަންބޮޑުވާ ކަމެއް. އަދި ދީނީ އެއްބައިވަންތަކަން ޙިމާޔަތް ކުރުމުގެ ޤާނޫނާވެސް ޚިލާފު ކަމެއް.“ ސަލީމް ވިދާޅުވިއެވެ.

ސަލީމް އިތުރަަށް ވިދާޅުވީ، މާތްﷲ އާއި އެކަލާން ރަސޫލާ އަށް ފުރައްސާރަކޮށް، މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވަރކުން ރިޕޯޓު ނެރުމުން، އެ ރިޕޯޓާ ދެކޮޅަށް މުޅި ރާއްޖޭގާ ކެނޑިނޭޅި އިހުތިޖާޖުކުރި، އެހެންނަމަވެސް 2021 ވަނަ އަހަރުގެ ރިޔާސީ ބަޔާނުގައިވެސް އެ މައްސަލައާމެދު އަލިއަޅުވައިނުލެއްވުމަކީ ރާއްޖޭގައި އިސްލާމީ ވަޙުދަތު ރައްކާތެރިކުރުމުގައި ސަރުކާރުން ފަހަތު ފަޔަށް ބުރަވާކަން ހާމަވެގެންދިޔަ ކަމެއް ކަމަަށެވެ. އަދި އެ ރިޕޯޓު ލިޔުނު ފަރާތްތައް ސަރުކާރުގެ މަތީ މަޤާމުތަކުގައި ބޭތިއްބުމަކީ އިސްލާމް ދީނަށް ސަރުކާރުން ޤަދަރު ކުޑަކުރާކަން އަންގައިދޭ ކަމެއް ކަމަަށާއި މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކުން ނެރުނު ރިޕޯޓު ކުށްވެރި ކުރަމުން، އެ ރިޕޯޓާމެދު  ރިޔާސީ ބަޔާނުގައި އަލިއަޅުވައިނުލެއްވި މައްސަލަ އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށް ސަލީމް ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ ދިވެހި މި ބިމުން އިސްލާމް ދީން ފިޔަވައި އެހެން އެއްވެސް ދީނަކަށް އެއްވެސް ޖާގައެއް ދީގެންނުވާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: