ހުޅުމާލޭގައި ހަދަމުންދާ އިމާރާތެއްގެ ތެރެއިން މަރުވެފައި އޮތް މީހަކު ފެނިއްޖެެއެވެ.
ނިޔާވެފައި އޮތް މީހަކު ފެނުމުން ފުލުހުން މިހާރު ދަނީ އެސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.
ނިޔާވެފައި އޮތް މީހަކު ފެނީ ޓްރީޓޮޕް ހޮސްޕިޓަލް ކައިރީހުރި އާރުސީއެންސީގެ ކޮންސްޓްރަޝަން ސައިޓަކުންނެވެ. ނިޔާވެފައި އޮއްވާ ފެނުނީ ބަންގްލަދޭޝް މީހެއްގެ ކަމަށް މައުލޫމާތު ލިބެއެވެ.
އޭނާގެ މަރާއި ގުޅިގެން އަދި މިހާތަނަށް ފުލުހުންގެ ބަހެއް ނުލިބެއެވެ.

