ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވެކްސިން ދިން މީހުންގެ އަދަދު 129،424 އަށް

ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 އިން ރައްކާތެރިވުމަށް ރާއްޖޭގައި ދޭން ފެށި ވެކްސިން އިތުރު 5،759 މީހަކަށް މިއަދު ދީފިއެވެ.

ރާއްޖޭގައި ކޮވިޑް ވެކްސިން ދޭން ފަށާފައި ވަނީ ފެބްރުއަރީ އެއް ވަނަ ދުވަހު އެވެ.

ރާއްޖޭގައި މިހާރު ދެމުންގެންދަނީ އޮކްސްފޯޑް-އެސްޓްރަޒެނެކާގެ ކޮވިޑް-19 ވެކްސިނެއް ކަމަށްވާ “ކޮވިޝީލްޑް” އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން  އާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން އިތުރު 5،759 މީހަކަށް  ވަނީ ވެކްސިން ޖަހާފައެވެ. މީގެ ތެރެއިން 1،967 މީހަކަށް ވެކްސިން ދީފައި ވަނީ މާލެ ސަރަހައްދުންނެވެ. އަތޮޅު ތެރެއިން 3،792 މީހަކަށް ވެކްސިން ވަނީ ޖަހާފައެވެ.

މިއާއެކު ރާއްޖެއިން ވެކްސިން ދިން މީހުންގެ އަދަދު 129،424 އަށް އަރާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: