ކޮވިޑް-19 އަށް ރާއްޖެއިން މިއަދު ޕޮޒިޓިވްވި މީހުންގެ އަދަދު އަނެއްކާވެސް މަތިވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ އާއްމު ކުރި މައުލޫމާތުން ދައްކާގޮތުގައި ފާއިތުވި 24 ގަޑި އިރު ތެރޭ ރާއްޖެއިން ވަނީ 131 މީހުން ކޮވިޑު-19 އަށް ޕޮޒިޓިވްވެފައެވެ.
ޕޮޒިޓިވްވީ މީހުންގެ ތެރެއިން 92 މީހުން ޕޮޒިޓިވްވެފައިވަނީ މާލެ ސަރަހައްދުންނެވެ.
މިއަދުގެ އަދަދު ތަކާއި އެކު ރާއްޖެއިން ޕޮޒިޓިވްވީ ޖުމްލަ މީހުންގެ އަދަދު މިވަނީ 20،794 އަށް އަރާފައެވެ.

