ރޯދަ މަހު ވެކްސިން ޖެހުން ކުރިއަށް ގެންދާނީ ރޭގަނޑު ކަމަށް ހެލްތް އިމާޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.
އެޗްއީއޯސީގެ ތަރުޖަމާން ޑރ. ފާތިމަތު ނަޒްލާ ރަފީގު ރޭ ވިދާޅުވީ ރޯދަ މަހުވެސް ވެކްސިން ޕްރަގްރާމް މެދުނުކެނޑި ކުރިއަށް ގެންދާނެ ކަމަށެވެ.
ނަމަވެސް ރޯދަ މަހު ވެކްސިން ޕްރަގްރާމް ކުރިއަށް ގެންދާނީ ރޭގަނޑު ކަމަށް ވިދާޅުވިއެވެ. ވެކްސިން ދޭނެ ގަޑިތަކާއި ސެންޓަރުތަކަށް ގެންނަ ބަދަލު ފަހުން ހާމަކުރާނެ ކަމަށް ނަޒްލާ ވިދާޅުވިއެވެ.
މިހާތަނަށް މާލެ ސަރަހައްދުން 95،362 މީހަކަށް ވަނީ ކޮވިޑް ވެކްސިން ދީފައެވެ. އަދި އަތޮޅުތަކުން 70،313 މީހަކަށް ވެކްސިން ދީފައިވެއެވެ.

