ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައްޑޫގެ މޮނިޓަރިންގެ ހާލަތު އުވާލައިފި

އައްޑޫ ސިޓީ މީދޫ. ފޮޓޯ: ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫގެ މޮނިޓަރިން ހާލަތު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ އުވާލައިފިއެވެ.

އެޗްޕީއޭއިން އައްޑޫގެ މޮނިޓަރިން ހާލަތު އުވާލައި ނެރުނު ބަޔާނުގައި ބުނީ ކޮވިޑު-19ގެ ރައްކާތެރިކަމުގެ ގޮތުން ބަލަން ކަނޑައެޅުނު ކަންކަން ބެލުމަށްފަހު، އައްޑޫ ސިޓީގައި މޮނިޓަރިން ހާލަތު އިތުރަށް ދަމަހައްޓަން ޖެހޭ ސަބަބެއް މިވަގުތު ނެތުމާއި އެކު އައްޑޫގެ މޮނިޓަރިންގެ ހާލަތު އުވާލާފައިވާ ކަމަށެވެ.

އައްޑޫ ސިޓީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ 2 ވަނަ ދުވަހު ހުޅުމީދޫ އެމްޓީސީސީ ސައިޓުގައި މަސައްކަތް ކުރާ ބިދޭސީންތަކެއް ކޮވިޑު-19 އަށް ޕޮޒިޓިވްވުމާއި ގުޅިގެންނެވެ.

އައްޑޫން މިހާތަނަށް 93 މީހަކަށް ކޮވިޑަށް ޕޮޒިޓިވްވެފައިވާ އިރު އޭގެ ތެރެއިން މިހާރު ބަލި ޖެހިފައިތިބީ އެންމެ 6 މީހެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: