ދުނިޔެއާއި ރައްޖެއަށް ކުރިމަތިވެފައިވާ ކޮވިޑްގެ ހާލަތުގައި ދަތުރުފަތުރުކޮށް އެއްތަނުން އަނެއްތަނަށް ދިޔުމަށްވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ. އޮތް ހަމައެކަނި މަގަކީ ކޮވިޑް ހުރިތޯ ދެނެގަންނަން ހަދާ ޕީސީއާރު ޓެސްޓް ހެދުމެވެ. 72 ގަޑިއިރު ނުވާ ޓެސްޓަކުން އެކަން ފުރިހަމަ ކުރެވެން އޮވެއެވެ. ނަމަވެސް ކޮވިޑާ އެކު އެންމެ ޑިމާންޑް ބޮޑު ވިޔަފާރިއަކަށް ވެސް ވީ، އަދި އެންމެ ވާދަވެރިކަން ބޮޑުވީ ވެސް ޕީސީއާރު ޓެސްޓެވެ. ރާއްޖޭގެ ޕީސީއާރު ޓެސްޓްގެ ތަފާސްހިސާބަށް ބަލާއިރު މިހާތަނަށް 590،000 އަށް ވުރެ ގިނަ ސާމްޕަލް ވަނީ ނަގައިފަ އެވެ. އޭގެ ތެރޭގައި މި ހިމެނެނީ ދެ ބަޔެކެވެ. އެއީ މަގުމަތިން ނަގާ ރެންޑަމް ސާމްޕަލްތަކާއި ރާއްޖެ އިން ފުރާ މީހުންގެއެވެ. އޭގެ ތެރޭގައި ފަތުރުވެރިންވެސް ހިމެނެއެވެ. އަދި ޑަބަލް ސާމްޕަލް ހިމެނެއެވެ.
ޕީސީއާރު ޓެސްޓެއްގެ އަގު 1،100ރ. އަށް، ވަރަށް ގިނަ ދުވަސް ވަންދެން ހުއްޓެވެ. ސަރުކާރުގެ މައި ހޮސްޕިޓަލްގައި ވެސް މި ޓެސްޓް ހަދައިދޭ އަގަކަށް ބަދަލެއް ނައެވެ. އަނެއްކޮޅުން މި ޓެސްޓަކީ އާސަންދައިން ކަވަރުކުރާ ޓެސްޓެއް ނޫނެވެ. ހުރިހާ ނިކަމެތި ކަމަކާއި ތަކްލީފެއް އުފުލަން މި ޖެހެނީ އާދައިގެ ނިކަމެތި ރައްޔިތުން ރައްޔިތުންނަށެވެ. އައިޖީއެމްއެޗްގެ ލެބޯޓްރީން އަދިވެސް ޓެސްޓު ހަދައިދެނީ 1،100 ރުފިޔާއަށެވެ. ވިޔާފާރީގެ ވާދަވެރިކަމުގައި ބައެއް ފަރާތްތަކުން ޕީސީއާރު ޓެސްޓް ހަދައިދޭ އަގުތައް ވަނީ ކުޑަކޮށްފައެވެ. ދުނިޔޭގެ ބާޒާރުގައި 05 ޑޮލަރާއި 10 ޑޮލަރުގެ އަގުތަކެއްގައިހުރި ޕީސީއާރު ކިޓްތަކެއް ގެނެގެން ގެނެސް އޭގެ އެތައް ގުނައެއް ލުމަށްފަހު، މިކަން މިކުރަނީ ފިޔާރިކުރަން ނޫން އިތުރުކަމެއް ކުރާކަށް ނޫނެވެ.
ކޮންމެ ކަމެއްގައި ވެސް މި އޮންނަނީ ވައްކަމާއި ޚިޔާނާތާއި، ކޮރަޕްޝަނެވެ. ހެލްތް މިނިސްޓްރީގެ ބޮޑުންގެ ޖީބަށް އެއްޗެއް ނުވަންނާނެ ގޮތަކަށް ކަމެއް ކުރެވޭކަށް ނޯވެއެވެ. ”ޒީރޯ ޓޮލަރެންސް ޓު ދަ މެކްސް“ ގެ ދަށުން ރާއްޖޭގައި ހުރިހާކަމެއް ވެސް މިހުންނަނީ އާންމު ރައްޔިތުން ފެލާ ގޮތަށެވެ. ކޮންމެ ވައްތަރެއްގެ ވިޔަފާރިއެއް ކުރިޔަސް ރާއްޖޭގައި ބަލާނީ ކަސްޓަމަރު ނުވަތަ ޚިދުމަތް ލިބޭ މީހާގެ ޒަމާން ދުއްވާލާށެވެ. ޑޮލަރު އަގުބޮޑުވިޔޭ ކިޔާ ތަކެތީގެ އަގު ބޮޑުކުރުމައްފަހު ޑޮލަރު އަގު ހެޔޮވިޔަސް އެ އަގުތައް ތިރިއެއް ނުވެއެވެ. ކޮވިޑު ހުރިތޯ ބެލުމަށް މިހަދާ ޕީސީއާރު ޓެސްޓުގައިވެސް އޮތީ ހަމަ މި އުސޫލެވެ.
މީއީ ރާއްޖޭގަ އާކަމެއް ނޫނެވެ. ކޮވިޑް މީ ދިވެހި ދައުލަތުގެ ފައިސާ ގާތް ފަރާތްތަކާއި ވިޔަފާރިވެރިންނަށް ބަހާލަން ލިބުނު ފުރުޞަތެކެވެ. ކޮންޓެކް ވާއިރަށް ގެންގޮސް ލަނީ ރިސޯޓަކަށް ނޫނީ ގެސްޓު ހައުސް އަކަށެވެ. ޓެސްޓު ހަދަން ތަކެތި ސަޕްލައި ކުރުން ވެސް އެފަދައެވެ. ކޮވިޑް ގެ ކުރިންވެސް ހަމަ އެގޮތަށް, އައިޖީއެމްއެޗް މެދުވެރިކޮށް ރައްޔިތުންގެ ލާރި ނަގަމުން ދިޔައީއެވެ. މިހާރުވެސް އައިޖީއެމްއެޗް ގައި އުޅެ މިލިއަނަރުންނަށް ވެގެން ދިޔަ މީހުން އުޅޭނެވެ. މިވަގުތު ލާރި ނަގަމުންދާ މީހުންވެސް އެބަ އުޅެއެވެ.
ކޮރޯނާއަކީ ދުނިޔޭގެ ބޮޑެތި ވިޔަފާރިވެރިންނާއި ސިޔާސީ މީހުން ގުޅިގެން ހިންގާ ބޮޑު ކަރަޕްސަނެއްފަދައެވެ. ދެން ވިސްނަވާށެވެ. ”ޓެގް“ ޓީމުން ކޮވިޑު ނިންމަންއުޅޭނެ ކަމާމެދު ސުވާލު އުފެއްދޭނެއެވެ. ޔޫރަޕާއި އެމެރިކާ ކޮންޓިނެންޓުގައި ބަލިމަޑިކަމެއް އޮތަސް ދިވެހިރާއްޖެއަކު ތިބުނާހާ ބިރުވެރި ބޮޑު ބަލިމަޑުކަމެއް ނެތެވެ. މިމުއްސަނދި ޤަޢުމުގައި ހުން އައިސްގެން 200 އެއްހާ މީހުން އެޑުމިޓު ކުރަންޖެހިދާނެތީ ރައްޔިތުންނަށް ބިރުދައްކާ އާންމު ވިޔަފާރިތައް ފުނޑާލާ ވަކިބަޔަކު ”ކޮވިޑު“ ބުރޭންޑް ބޭނުންކޮށްގެން މި ދަނޑިވަޅުގެ ނާޖާއިޒް ފައިދާނަގާ ދިވެހިރައްޔިތުން ފެލާ ބޮޑެތި މަހުޖަނުންނަށްވަމުންދަނީއެވެ.
ތިތަންތަނުގައި ޑޮކްޓަރުންގެ ހިއްސާ އޮވެއެވެ. ޢޭގެތެރޭގައި ކޮވިޑުގެ ހާލަތާގުޅޭ ނިންމުންތައް ނިންމުމުގައި ބައިވެރިވާ ޑޮކްޓަރުންވެސް ހިމެނއެވެ. ތީ ރާއްޖޭގައި ކޮވިޑްގެ އަނދިރި ފަރާތެވެ. އަދި ކޮވިޑްގެ ފައިދާ ބިލިއަނުން ނެގީ ދުނިޔޭގެ ބިލިއަނަރުންނެވެ. އެހެންވެ ކޮވިޑަކީ ފޭކެކޭ ކިޔަން ބަޔަކަށް ފުރުސަތު ލިބެނީ ޑޮކްޓަރުންގެ ހިއްސާ އޮންނަ ކްލިނިކް ތަކުންނާއި ލެބޯޓްރީތައް ރެޑީވަންދެން ޕީސީއާރު ޓެސްޓް ހަދަން އެހެން ފަރާތްތަކަށް ހުއްދަ ނުދީ މަޑުކުރުމުންނެވެ.
ތިހުރިހާ ޕްރިވަޓް ކްލިނިކްތަކާ ލެބުތަކަކީ ސީނިއާރ ޑޮކްޓަރުންގެ ހިއްސާ އޮންނަތަންތަނެވެ. ޕެންޑެމިކް ނިމިޖެނަމަ އެމީހުންގެ ޖީބަށް ވަންނަ އެތިކޮޅު މަދުވާނެއެވެ. އާދައިގެ ރޯގާގަނޑެއް ބޮޑުކޮށްލައިގެން މިއުޅޭއިރު ތިޔައުޅެނީ ކެވެން އޮތް ދިމާލަކުން ކާންވެގެންކަން ދިވެހިންނަށް ސާފެވެ. އަމިއްލަ މީހަކު ދަތުރެއް ކުރަން ރެންޑަމް ކޮށް ނެގި ސާމްޕަލްގެ ރިޒަލްޓްވެސް ބޭނުމެއް ނުކުރެވެއެވެ. ކޮންމެ މުސީބާތަކީވެސް ތަނަވަސް މީހުންނަށް އިތުރަށް ތަނަވަސްވާން ލިބޭ ފުރުޞަތެކެވެ. ކަންވާރަށް ދަމަން ކޭރޭ އަދި އެނގޭ މީހުންނަށްވެސް ތަނަވަސްވާން އޮތް ފުރުޞަތެކެވެ.

