ކޮވިޑް-19 އިން ރައްކާތެރިވުމަށް މިއަދު މާލެ ސަރަޙައްދުގައި 1،597 މީހުންނަށް އަދި އަތޮޅުތެރެއިން 259 މީހުންނަށް ވެކްސިން ދީފިއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާންމު ކޮށްފައިވާ ޑޭޓާއަަށް ބަލާއިރު 1،856 މީހުންނަށް އިއްޔެ ކޮވިޑަށް ވެކްސިން ދީފައި ވެއެވެ.
މިހާތަނަށް މުޅި ރާއްޖެއިން ޖުމްލަ 220،768 މީހުންނަށް ވެކްސިން ދީފައި ވެއެވެ.
މާލެ ސަރަޙައްދުގައި ވެކްސިން ދިނުމަށް ގާއިމް ކޮށްފައިވާ 6 ސެންޓަރުން މިހާތަނަށް ޖުމްލަ 123،227 މީހުންނަށް ވެކްސިން ދީފައިވާއިރު އަތޮޅުތެރޭގެ ދެ ސެންޓަރުން މިހާތަނަށް ޖުމްލަ 97،541 މީހަކަށް ވެކްސިން ދީފައި ވެއެވެ.