ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުޅުދުއްފުށިން ޕޮޒިޓިވްވި މީހުންގެ އަދަދު 4 އަށް!

ޝެއާރކޮށްލާ ކަހަލަދޯ؟

ކުޅުދުއްފުށިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ހަތަރަކަށް އަރައިފިއެވެ.

އެރަށުން އިއްޔެ ޕޮޒިޓިވްވެފައި ވަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައި އޮތް ބަލި މީހެކެވެ.

ޕޮޒިޓިވްވިކަން އެނގުނީ ނައިފަރު ހޮސްޕިޓަލުން އިތުރު ފަރުވާއަށް ކުޅުދުއްފުއްޓަށް ފޮނުވި މީހެކެވެ. އަދި އޭނާގެ ދެ އެހީތެރިޔާ އެވެ. މި މީހުން ކުޅުދުއްފުއްޓަށް އައިސްފައިވަނީ މިމަހު 23 ވަނަ ދުވަހު އެވެ.

ރޭ ޕޮޒިޓިވްވިކަން އެނގުނު ހަތަރު ވަނަ މީހަކީވެސް ނައިފަރުން އިތުރު ފަރުވާއަށް އައި މީހެއްގެ ފިރިމީހާ އެވެ. އެމީހަކީ ފެލިވަރުގައި މަސައްކަތްކުރާ މީހެކެވެ. އެ މީހުން ކުޅުދުއްފުއްޓަށް އައިސްފައިވަނީ މިމަހު 21 ވަނަ ދުވަހު އެވެ.

މިކަމާ ގުޅިގެން ކޮންޓެކްޓް ޓްރޭސިން ހަދަމުންދާއިރު އެ މީހުންނާ ގުޅުން ހުރި 3 ގެޔަކުން 20 މީހުން ވަނީ މިހާތަނަށް ކަރަންޓީންކޮށްފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: