ކޮވިޑް-19 އަށް ރާއްޖެއިން މިއަދު އިތުރު 147 މީހުން ޕޮޒްޓިވް ވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާއްމުކޮށްފައިވާ ސާވޭލަންސް ޑޭޓާއަށް ބަލާއިރު މިއަދު ރާއްޖެއިން ކޮވިޑަށް ފައްސި ވެފައިވަނީ މާލެއިން 65 މީހުންނާއި، އަތޮޅުތެރެއިން 69 މީހަކާއި، ހިންގަމުން އަންނަ ރިސޯޓުތަކުން 10 މީހަކާއި، ތަރައްޤީ ކުރަމުން އަންނަ ރަށަކުން އެކަކާއި އިންޑަސްޓްރިއަލް އައިލެންޑުން ދެ މީހެކެވެ.
މިހާރު ރާއްޖެއިން މިބައްޔަށް ޖުމްލަ 23،671 މީހުން ޕޮޒްޓިވް ވެފައިވެއެވެ.
ރާއްޖެއިން މިހާރު ކޮވިޑް ބަލިން ފަސޭހަ ވެފައިވަނީ ޖުމްލަ 20،839 މީހުންނެވެ. އަދި މިހާތަނަށް މިބަލީގައި ރާއްޖެއިން 66 މީހުން ނިޔާވެެފައިވެއެވެ.
ހޮސްޕިޓަލުތަކުގައި މިހާރު ފަރުވާ ހޯދަމުން ދަނީ 93 މީހުންނެވެ.

