މާފަންނު ބީޖީ ކުރިމަތީ މާރާމާރީއެއް ހިނގައި ފުލުހުން ހަރަކާތްތެރިވާން ފަށައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މުރަނގަ މަގުގައި މާރާމާރީއެއް ހިނގައިގެން އުޅޭކަމުގެ މައުލޫމާތު މިރޭ 20:13ގައި ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.
އެ މައުލޫމާތާއި ގުޅިގެން ފުލުހުން އެ ސަރަހައްދަށް ދިޔައިރު، އެމީހުން އެ ސަރަހައްދު ދޫކޮށް ގޮސްފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މިކަމާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

