ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އޮޓޯ އެޓެންޑެންޓުގެ ހިދުމަތް ފުލުހުން ތައާރަފުކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ފުލުހުންގެ ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓުން އޮޓޯ އެޓެންޑެންޓުގެ ހިދުމަތް ތައާރަފުކޮށްފިއެވެ.

މި ހިދުމަތް ތައާރަފު ކުރުމަށް ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓުގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި އޮޓޯ އެޓެންޑެންޓުގެ ހިދުމަތް ހޯއްދަވައި، އެ ހިދުމަތް ތައާރަފު ކޮށްދެއްވީ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއީލް ނަވީންއެވެ.

ހިދުމަތް ތައާރަފު ކޮށްދެއްވައި އޭސީޕީ ނަވީން ވަނީ، ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓުން ރައްޔިތުންނަށް ފޯރުކޮށްދެމުންދާ ހިދުމަތް، އޮޓޯ އެޓެންޑެންޓުގެ ހިދުމަތާއެކު އަވަސްވެގެން ދިއުމާއި، ފަސޭހަކަމާއެކު ހިދުމަތް ހޯދުމުގެ މަގު ފަހިވެގެންދާނެ ކަމެއް ކަމަށް ވިދާޅުވެފައެވެ.

އެ ރަސްމިއްޔާތުގައި ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓްގެ ހެޑް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ހުސައިން ސަމީރު ދެެއްކެވި ވާހަކަފުޅުގައި، ޓްރެފިކް މެނޭޖްމަންޓުން ރައްޔިތުންނަށް ދެމުންދާ ހިދުމަތްތައް ތަރައްގީކޮށް ރައްޔިތުންނާ ގާތުން ހިދުމަތް ދިނުމަށް ކުރަމުންދާ މަސައްކަތްތައް ފާހަގަކުރެއްވިއެވެ.

އޮޓޯ އެޓެންޑެންޓުގެ ހިދުމަތަކީ ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓުގެ ހިދުމަތް ހޯދާ ރައްޔިތުންނަށް ލުއިފަސޭހަ ގޮތްތަކެއް ހަމަޖެއްސުމުގެ މަގުސަދުގައި ތައާރަފު ކުރެވިގެންދިޔަ ހިދުމަތެއް ކަމަށް ފުލުހުންގެ އިދާރާއިން ހާމަކުރެއެވެ. ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓްގެ ހޮޓްލައިން ނަމްބަރު 3333835 އަށް ގުޅުއްވައި ބޭނުންފުޅުވާ ހިދުމަތެއް ނެންގެވުމުން ފަސޭހަކަމާއެކުއަވަސް ހިދުމަތެއް މިހާރު ރައްޔިތުންނަށް ލިބިގެންދާނެ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: