ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑަށް ޕޮޒިޓިވް މީހުން ވޯޓްލާން ދާން ހުއްދަ ދީފި

ރިޔާސީ އިންތިހާބުގެ ވޯޓުގުނުމުގެ މަރުހަލާގެ ތެރެއިން/ ފޮޓޯ: އެޑިޝަން
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަންނަ ހޮނިހިރު ދުވަހު އޮންނަ ލޯކަލް ކައުންސިލް އިންތިޚާބުގައި ވޯޓް ލުުމަށް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މީހުން ދިއުމުގެ ހުއްދަ ހެލްތް ޕްރޮޓެކްޝަން އެޖެންސީން ދީފިއެވެ.

ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ ދެންމެ ނެރެފައިވާ އެންގުމެއްގައި ބުނެފައިވަނީ ކަރަންޓިީން ކޮށްފައިވާ ނުވަތަ އެކަހެރިކޮށްފަައިވާ މީހުން ވޯޓްލުމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާ ވަގުތުގައި “ކޮވިޑް-19 ގެ ހާލަތުގައި ރައްކާތެރިކަމާއެކު ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ކުރިއަށް ގެންދިއުމުގައި އަމަލުކުރަންވީ ގޮތުގެ އުސޫލު” ގައިވާ ގޮތުގެ މަތިން ވޯޓްލާން ދިއުމުގެ ހުއްދަ ދީފައިވާ ކަމަށެވެ.

އުސޫލުގައި ހިމެނޭ ކަންކަން

  • އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ގޮތެއްގެ މަތިން ވޯޓްލާ މަރުކަޒުތަކަށް ދިއުން
  • ހުރިހާ ވަގުތެއްގައި މާސްކު އަޅައިގެން ތިބުން
  • ތިން ފޫޓްގެ ގައިދުރުމިން ބެހެއްޓުން
  • ސެނެޓައިޒާ ބޭނުން ކޮށްގެން އަތް ސާފުކުރުން
  • ޕަބްލިކް ޓްރާސްޕޯޓް (ބަސް، ފެރީ، ޓެކްސީ) ބޭނުން ނުކުރުން
  • ވޯޓްލާން ދިއުމާއި އެނބުރި ގެއަށް އައުމާ ދެމެދު މީހުންނާ ބައްދަލު ނުކުރުން
  • ވޯޓްލުމަށްފަހު ކަރަންޓީންގައި ނުވަތަ އެކަހެރި ކުރެވިފައި ހުރި ތަނަށް ވަގުތުން އެނބުރި ދިއުން

ޑިރެކްޓަރު ޖެނެރަލްގެ އެންގުމުގައި ބުނެފައިވަނީ އުސޫލުގައި އެހެން އޮތް ނަމަވެސް ކަނޑައަޅާ ހާއްސަ ހާލަތްތަކުގައި އަންގާ ގޮތުގެ މަތިން އަމަލު ކުރެވޭނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: