ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުލުހުންގެ ހައްޔަރުގައި ހުރި ބިދޭސީއަކު އަމިއްލައަށް މަރުވެއްޖެ

ޝަހީދު ހުސައިން އާދަމް ބިލްޑިންގް. ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

ފުލުހުންގެ ހައްޔަރުގައި ހުރި ބިދޭސީއަކު އަމިއްލައަށް މަރުވެއްޖެ އެވެ.

ފުލުހުން ބުނީ އެ މީހާ އަކީ ވިލިމާލެ ކަސްޓޯޑިއަލް ފެސިލިޓީގައި ހުރި މީހެއް ކަމަށާއި އޭނާ އަމިއްލައަށް މަރުވެފައި ވަނީ މިދިޔަ އާދީއްތަ ދުވަހު ކަމަށެވެ.

އޭނާ އަމިއްލައަށް މަރުވި ގޮތުގެ މައުލޫމާތެއް ފުލުހުން ނުދެ އެވެ. އަދި އެ ބިދޭސީ މީހާ އޭނާ ފުލުހުންގެ ހައްޔަރުގައި ހުރީ ކީއްވެގެންކަން ވެސް ފުލުހުން ބުނެދީފައެއް ނުވެއެވެ.

އެހެން ނަމަވެސް އެ މައުލޫމާތު ކަމާ ގުޅުން ހުރި އެހެން ފަރާތްތަކާ ހިއްސާކޮށްފައި ވާނެ ކަމަށް ބުންޏެވެ.

އަދި ބުނީ އެ މަރާ ގުޅޭ ކަންކަން ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: