ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވެކްސިން ދެ ޑޯޒް ފުރިހަމަ ކުރި 30 މީހަކަށް ފަރުވާދެނީ!

ކޮވިޑް ފެސިލިޓީއެއްގައި މީހަކަށް ފަރުވާ ދެނީ—
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19އިން ދިފާއުވުމަށް ޖަހާ ކޮވިޑް ޝީލްޑްގެ ދެ ޑޯޒް ފުރިހަމަކުރި 30 މީހަކަށް ހުޅުމާލެ ކޮވިޑް ފެސިލިޓީގައި ފަރުވާދެމުންދޭން ފަށައިފިއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑރ. އިބްރާހީމް އަފްޒަލް ވިދާޅުވީ މިވަގުތު ހުޅުމާލެ ފެސިލިޓީގައި ދެ ޑޯޒް ފުރިހަމަކުރި 30 މީހަކަަށް ފަރުވާދެމުން އަންނަކަމަށެވެ.

“މިހާތަނަށް ވެކްސިން ދިން މީހުންގެ ތެރެއިން ކޮވިޑަށް ޕޮޒިޓިވް ވެފައިވަނީ މަދު ބައެއް. ޑރ. ޝީނާ ފޮނުވާފައިވާ ހިސާބުތަކަށް ބަލާއިރު، ޕޮޒިޓިވް ވެފައި ވަނީ 2.3 އިންސައްތަ.” ޑރ. އަފްޒަލް ވިދާޅުވިއެވެ.

މިއަދު އިތުރު 734 މީހުން ޕޮޒިޓިވްވެ ރާއްޖެއިން ކޮވިޑް-19އަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު އިންތިހާއަށް އިތުރުވެ ބަލީގެ ނުރައްކާ މިވަނީ ބޮޑުވެފައެވެ.

މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާން މުޙައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ރާއްޖޭގައި ކޮވިޑް-19އަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދަށް ބަލާއިރު ފަރުވާދޭ ތަންތަން އިތުރުކުރަން ޖެހޭކަމަށް ވަރަށް ބޮޑަށް ގަބޫލުކުރެވޭކަމަށެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: