ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓެރެރިސްޓް ހަމަލާގައި ފުލުހުން އެންމެ ހޯދަން ބޭނުންވި މީހާ ހައްޔަރުކޮށްފި!

ޝެއާރކޮށްލާ ކަހަލަދޯ؟

ބުރާސްފަތި ދުވަހުގެ ރޭ ރައީސް މުހައްމަދު ނަޝީދުގެ ފުރާނަ ދުއްވާލަންދިން ޓެރެރިސްޓް ހަމަލާއާ ގުޅޭ އެންމެ މުހިންމު މީހާ ފުލުހުންގެ ހައްޔަރު ކޮށްފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެމީހާ ހައްޔަރުކޮށްފައިވަނީ ހުޅުމާލެ ފުލެޓު 95 ޖީ 2 އިންނެވެ. އޭނާ ހައްޔަރުކޮށްގެން ގެންގޮސްފައިވަނީ މިއަދު ހެނދުނު 7:00 ހާއިރުއެެވެ.

މި މީހާ ހައްޔަރުކޮށްފައި މިވަނީ އެ މައްސަލައިގެ އެންމެ މުހިއްމު މީހާކަމަށް ހާމަކޮށް އެމީހާ ހޯދަމުންދާކަން އިއްޔެގެ ނޫސްވެރިންގެ ބައްދަލު ވުމުގައި ފުލުހުން ބުނެފައި ވަނިކޮށެވެ.

މި ހަމަލާގައި އެންމެ އިސްކޮށް ހަރަކާތްތެރިވި މި މީހާ ހައްޔަރު ކުރެވިފައިވާކަން ފުލުހުން މިހާރުވަނީ ކަށަވަރު ކޮށްދީފައެވެ.

ރައީސް ނަޝީދު އަވަހާރަ ކޮށްލުމަށް މި ދެވުން ވަރުގަދަ ޓެރެރިސްޓް ހަމަލާއާއި ގުޅިގެން 4 މީހަކު ފާހަގަ ކުރެވިފައިވާ ކަމަށް ފުލުހުން ވަނީ ހާމަކުރައްވާފައެވެ. މިހަމަލާ އާއި ގުޅިގެން އިއްޔެ 2 މީހަކު އިއްޔެ ވަނީ ހައްޔަރު ކުރެވިފައެވެ. މި މީހުންގެ ވަނަވަރު އިއްޔެ ފުލުހުން ވަނީ ހާމަކޮށްފައެވެ. މިހަމަލާގައި އިއްޔެ ހައްޔަރު ކުރެވިފައިވަނީ މއ.ފޭރުގެ ޢުމުރުން 21 އަހަރުގެ މުޖާޒް އަޙްމަދާއި ގއ.ކޮނޑޭ ފޮޅޭމާގޭ ޢުމުރުން 32 އަހަރުގެ ތަހްމީނު އަޙްމަދެވެ. ކުށުގެ ރެކޯޑްތައް އޮންނަ މީ ދެމީހުންގެ ތެރެއިން ތަހްމީން އަޙްމަދަކީ މި ހާދިސާގައި ބޮން ހަރުކޮށް ގޮއްވި ސައިކަލްގެ ވެރިފަރާތެވެ. މި މީހުންވަނީ ސައިކަލްގެ ނަންބަރު ޕްލޭޓް ބަދަލުކޮށް ސައިކަލްގެ އިންޖީނުގެ ނަމްބަރުވެސް ވަނީ ކަހާލާ ފޮރުވުމަށް މަސައްކަތް ކޮށްފަކަމަށް ފުލުހުން ވިދާޅުވިއެވެ.

މި ހަމަލާގައި ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި ޒަހްމަތަކަށް ފަރުވާދިނުމަށް ގިނަ އޮޕރޭޝަންތަކެއް ކޮށްފައިވާކަން ޑޮކްޓަރުން ވަނީ ހާމަކޮށްފައެވެ. އަދި މިވަގުތުވެސް ރައީސް ނަޝީދު އޮންނެވީ އޭޑީކޭ ހޮސްޕިޓަލުގައިކަމަށާއި ޑޮކްޓަރުން ވަރަށް ކައިރިން ބައްލަވަމުން ގެންދަވާކަންވެސް ޑޮކްޓަރުންގެ ޓީމުން ވަނީ ބުނެފައެވެ.

ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށްދިން ޓެރަރިސްޓް ޙަމަލާގައި ގޮއްވާލި އައިއީޑީން ބުރައިގެންދިޔަ ތޫނު ދަގަނޑު އެތިކޮޅުތަކުގެ ތެރެއިން އެތިކޮޅެއް، އެމަނިކުފާނުގެ ސީދާ ހިތަށް ނުވަދެ ހުރީ އެންމެ ސެންޓިމީޓަރެއްގެ ދުރުމިންކަމަށް އޭޑީކޭގެ ޑޮކްޓަރުންގެ ޓީމުން ވަނީ ހާމަކޮށްފައެވެ. މި އެތިކޮޅު ރައީސް ނަޝީދުގެ ހިތަށް ނުވަދެ ސަލާމަތްވީ އެމަނިކުފާނުގެ މޭކަށިގަނޑުގައި ޖެހި ކަށިގަނޑު ފުނޑުފުނޑުވުމުގެ ސަބަބުން އެ އެތިކޮޅު އެތެރެއަށް ދިޔުން މަތަވެގެންކަމަށްވެސް ޑޮކްޓަރުން ވަނީ ވިދާޅުވެފައެވެ.

މިހަމަލާއާއި ގުޅިގެން އެއްވެސް މައުލޫމާތެއް އިނގޭނަމަ ފުލުހުންނާއި ހިއްސާކުރުމަށް ފުލުހުންވަނީ އެދިވަޑައި ގަންފައވެ. އެގޮތުން މިކަމާ ގުޅޭ އެއްވެސް މައުލޫމާތެއް އިނގޭނަމަ ޕޯޓަލެއް މެދުވެރިކޮށް މައުލޫމާތު ހިއްސާ ކުރެވޭނެކަމަށް ފުލުހުން ވިދާޅުވިއެވެ

ވަރަށް ގަދަ
67%ވަރަށް ގަދަ 17%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 17%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: