ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަޝީދަށް އިންސާފު ނުލިބޭ ކަމަށް ބުނެ އާއިލާގެ ކަންބޮޑުވުން!

ރައީސް ނަޝީދަށް ވަނީ ހަމަލާގައި ގިނަ ޒަޚަމްތަކެއް ލިބިވަޑައިގެންފަ
ޝެއާރކޮށްލާ ކަހަލަދޯ؟

މިދިޔަ އަހަރުގެ މެއި މަހުގެ 6 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައިސް މުހައްމަދު ނަޝީދު އަވަހަރާކޮށްލަން މާލޭގައި ދިން ނުރައްކާތެރި ހަމަލާއާ ގުޅިގެން އެ މަނިކުފާނަށް އަދިވެސް އިންސާފު ނުލިބޭ ކަމަށް ބުނެ އާއިލާ އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ރައީސް ނަޝީދުގެ އާއިލާ އިން މިހެން ބުނެފައިވަނީ އެމަނިކުފާނަށް އަމާޒުކޮށްދިން ނުރައްކާތެރި ބޮމުގެ ހަމަލާއަށް މިއަދަށް އެއް އަހަރުފުރުމާ ދިމާކޮށް ނެރުނު ބަޔާނެއްގަ އެވެ.

“ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލާއަށް އެއް އަހަރު ފުރުނު ހިނދުވެސް އެ މައްސަލައިގައި ހިމެނޭ މީހުންގެ ޝަރީއަތްތައް ދިގުލައިގެން ދާތީ ރައީސް ނަޝީދުގެ އާއިލާ އިން ކަންބޮޑުވެ އެވެ،” ބަޔާނުގައިވެ އެވެ.

މިބަޔާނުގައި ބުނެފައިވަނީ ހަމަލާ ދިނުމުގައި ބައިވެރިވި ބައެއް މީހުން ހައްޔަރުކޮށް ދައުވާ ކުރި ނަމަވެސް ހަމަލާގެ ކުރީގެ ސަފުގައި ފެނިލި މީހުންގެ ފުރަގަހުގައި ތިބި ފަސް ހަނގުރާމަވެރިންނާ މެދު ދައުލަތުގެ އިދާރާތަކުން އަހަންމިއްޔަތު ކަމެއް ދީފައި ނުވާ ކަމަށާއި އެއީ ކަންބޮޑުވާ ކަމެއް ކަމަށެވެ. އެގޮތަށް ދިމާވީ މައްސަލައާއި ގުޅޭ ގުޅުންތައް ތަނަވަސް ގޮތެއްގައި ތަހުގީގުކޮށްފައި ނެތުމުން ކަމަށް އާއިލާ އިން ގަބޫލުކުރެ އެވެ.

އާއިލާ އިން ތުހުމަތުކުރާ ފަސް ހަނގުރާމަވެރިންގެ މައުލޫމާތު މިބަޔާނުގައި ހިއްސާކޮށްފައެއް ނުވެ އެވެ.

“ފުރަތަމަ ކަމަކަށް ރައީސް ނަޝީދު ޒަހަމްވެފައި ވަނިކޮށް ހޮސްޕިޓަލަށް ގެންދިޔަ ހަށިފާރަވެރިންނަށާއި، އެމަނިކުފާނަށް ފަރުވާ ދެއްވި މެޑިކަލް ބޭފުޅުންނަށް ޝުކުރު އަދާކުރަމެވެ. އަދި އާންމުންގެ ފަރާތުން ދެއްވި ހިތްވަރާއި ސަލަވާތުން، ﷲގެ އިޒުނަފުޅާ އެކު ރައީސް ނަޝީދުގެ ފުރާނަ ސަލާމަތްވެ ދިރިލަހައްޓާފައިވާތީ ޝުކުރު އަދާކުރަމެވެ،” ބަޔާނުގައިވެ އެވެ.

މިބަޔާނުގައި ބުނެފައިވަނީ މިދަނޑިވަޅުގައި ވެސް އާއިލާ އިން އެދެނީ ހަމަލާ ހިންގުމަށް ފައިސާ ހަރަދު ކުރި ފަރާތްތައް ހޯދުމަށްޓަކައި ވަރުގަދަ ތަހުގީގެއް އަދިވެސް ހިންގުމަށް ކަމަށެވެ. އެމަގުން ކަންކަން ކޮށްފައި ނެތުމުގެ ސަބަބުން ރައީސް ނަޝީދުގެ ޖާނާއި އެމަނިކުފާނު ފަދައިން ޝިކާރައަކަށް ވެފައިވާ އެހެން ފަރާތްތަކުގެ ވަށައިގެން ބިރުވެރިކަމުގެ މާހައުލެއް އުފެދިފައިވާ ކަމަށްވެސް އާއިލާ އިން ދެކެ އެވެ.

“މިކަމުގައި އަދުލު އިންސާފު ގާއިމުވެފައި ނެތުމުން މުޅި މުޖުތަމައުގެ މައްޗަށް ބިރުވެރިކަމުގެ ހިޔަނި އެޅިފައިވާކަމުގައި ގަބޫލުކުރަމެވެ،” ބަޔާނުގައިވެ އެވެ.

ބަޔާނުގައި އިތުރަށް ބުނެފައިވަނީ ސެކިއުރިޓީ ސަބަބުތަކާ ހެދި ރައީސް ނަޝީދު ހިންގަވާ ހަރަކާތްތައް ހަނިވެފައިވާތީ ސިޔާސީ ލީޑަރެއްގެ ހައިސިއްޔަތުން އެމަނިކުފާނު އަދާކުރައްވަން ޖެހިވަޑައިގަންނަވާ ކަންކަން ހުއްޓިފައިވާ ކަމަށެވެ. ސިޔާސީ ގޮތުންނާއި އަދި ގާތްތިމާގެ މީހުންނާއި ރަހްމަތްތެރިންނާ އެކު އެމަނިކުފާނު ކުރައްވަން އެދިވަޑައިގަންނަވާ މުއާމަލާތްތަކަށް ހުރަސް އެޅިފައިވާ ކަމަށްވެސް ބުނެފައިވެ އެވެ.

“ﷲގެ އިރާދަފުޅުން އެމަނިކުފާނު އަޅުގަނޑުމެންނާ އެކު ދިރިދުނިޔޭގައި ހުންނެވި ކަމަށްޓަކައި ޝުކުރުކުރާއިރު މިފަދަ ހަމަލާތަކުގައި ބީވެގެން ދިޔަ ފަރާތްތަކުގެ އާއިލާތަކަށް އަދިވެސް ޖަވާބެއް ލިބިފައި ނުވާތީ ހިތާމަކުރަމެވެ. އެފަދަ ފަރާތްތައް އަޅުގަނޑުމެންގެ މި ޒިކުރާގައި ހަނދާންކޮށް ދުއާގައި ބައިވެރިކުރަމެވެ.” އާއިލާގެ ބަޔާން ނިންމާލަމުން ބުނެފައިވެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: