ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަމަލާގެ ތަހުގީގު ފޮރުވަން އަނދުން ހުސެއިން ސަރުކާރަށް އެހީވާކަން މާތް ރަސްކަލާންގެ ގަންދީ ހުވާ ކުރަން: ނަޝީދު

ހަމަލާއަށް ފަހު ރައީސް ނަޝީދު ފަރުވާ ހޯއްދަވަން ރާއްޖެއިން ބޭރުގައި ހުންނެވިއިރު
ޝެއާރކޮށްލާ ކަހަލަދޯ؟

އައިއީޑީއެއް ގޮއްވާލައި ދިން ހަމަލާގެ ތަހުގީގަށް ނުފޫޒުތަކެއް ފޯރުވައި، ސަރުކާރަށް އެހީތެރިކަން ފޯރުކޮށްދެނީ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު އަނދުން ހުސެއިންކަމަށް ކުރީގެ ރައީސް،އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއަށް އަހަރެއްވީ އިރު ވެސް މައްސަލައިގެ ތަހުގީގުތައް އެކަށީގެންވާ ގޮތެއްގައި ކުރިޔަށް ނުގެންދެވޭކަމުގެ ކަންބޮޑުވުން އެބައޮތެވެ. ސެކިއުރިޓީ ބްރީޗްގެ ތުހުމަތުތަކާއި އެކު، ރައީސް ނަޝީދާއި އަރިސް މެމްބަރުން ވަނީ ސަރުކާރުން މައްސަލައިގެ ތެރެއަށް ނުފޫޒުތަކެއް ފޯރުވައި މަޑުޖައްސާލަން މަސަައްކަތް ކުރަކަމުގެ ތުހުމަތުތަކެއްކޮށްފަ އެވެ. އަދި ހަމަލާގެ ބައިވެރިވިކަމުގެ ތުހުމަތަށް ހައްޔަރު ކުރި އެކެއްގެ މައްޗަށް ދައުވާ ނުކުރަން ނިންމުމާއި، ޝަރީއަތް ކުރިޔަށް ގެންދާ އަބްދުﷲ އަލިމަނިކު ޓެރަރިޒަމް މައްސަލައެއްގެ 10 އަހަރުގެ ޖަލު ހުކުމަށް މި ސަރުކާރުން މައާފު ދިނީ ކާކުގެ ނުފޫޒުންތޯ ސުވާލު އުފެއްދި އެވެ.

އެތެރޭގެ އިންތިހާބުގެ ވާދަވެރިކަމުގައި މި ބަހުސްތައްކޮށް، ގައުމީ މަޖިލީހުގައި ރައީސް ނަޝިދާއި އަނދުން ހުސެއިންގެ ދެމެދު ޒުވާބުތަކެއް ދިޔައީ ރޭ އެވެ. ހަމަލާގެ ތަހުގީގު އޮއްބާލަން ބަޔަކު މަސައްކަތް ކުރަމުން ގެންދާކަމުގެ ތުހުމަތުތައްކޮށް ރައީސް ނަޝީދު އަނދުން ހުސެއިނަށް އަމާޒުކޮށް ވިދާޅުވީ އެކަމުގައި އެންމެ ބޮޑު އެހީއެއް ދޭ އެކަކީ އަނދުން ހުސެއިން ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ އަނދުން ހުސެއިންގެ އަތުގައި މިއަދު ހުރީ އެހުރީ އެމަނިކުފާނުގެ ލޭ ކަމަށެވެ. އަދި އެ ބަސް ތަކުރާރު ކުރެއްވި އެވެ.

“..ހުސެއިން އަމިއްލަ އަތަށް ބަލާލާ. ތިބޭފުޅާ އަތުގައި ވަނީ އަޅުގަނޑުގެ ލޭ… ތިޔަ ބޭފުޅުންގެ އަތުގައި މިހާރު ކޭއްތިފައި ތިވަނީ އަޅުގަނޑުގެ ލޭ،” ރައީސް ނަޝީދު

ރައްދުގައި އަނދުން ހުސެއިން ވިދާޅުވީ އެފަދަ ކަމެއް އޭނާ ނުކުރާނެކަން ރައީސް ނަޝީދަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ. އަދި މީހެއްގެ ބޮލުގައި ބޮޑު ތުހުމަތުތަކެއް އެޅުވުމުގައި އޮންނަންވާނެކަމަށް ވިދާޅުވުމުން، ރައީސް ނަޝީދު ވިދާޅުވީ އަނިޔާވެރިވުމުގައި ވެސް ހައްދެއް އޮންނަން ވާނެ ކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ މިއީ މީހަކަށް ހަމަލަ ދީ މަރާލަން އުޅުނު ވާހަކަކަމަށާއި، ރައީސް އަބްދުﷲ ޔާމީން ވެސް ރައީސް މައުމޫނަށް އަނިޔާވެރިވެ ކުރެއްވި ކަމަކީ ޖަލަށް ލުން ކަމަށެވެ.

“ރައީސް އެނގިވަޑައިގަންނަވާނެ އަޅުގަނޑު ތީގެއިން އެއްވެސް ކަމެއް ނުކުރާނެކަން” އަނދުން ހުސެއިން

ނަމަވެސް ރައީސް ނަޝީދު ވިދާޅުވަމުން ގެންދެވީ އެމަނިކުފާނު އެ ތުހުމަތުތައް ކުރެއްވީ ހުރިހާ ކަމެއް ރަނގަޅަށް އެނގި ހުންނަވައި ކަމަށެވެ.

މިވާހަކަތައް ދެކެވުނީ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު މެމްބަރަކު ދެއްކެވި ވާހަކައަށް ރައްދު ދެއްވައި ރައީސް ނަޝީށް އަމާޒުކޮށް ދިން ހަމަލާ ސިޔާސީ ވަމުންދާކަން ފާހަގަކޮށް އިހުމާލު ނުވާން ގޮވާލުމުންނެވެ. ތޯރިގު ވިދާޅުވީ އޭނާއަކީ އެއް އިރެއްގައި ވެސް ރައީސް ނަޝީދަށް ތާއީދު ކުރި، ނުވަތަ އެމަނިކުފާނާއި މާ އިރިސްވެ ރައްޓެހިކަމުގެ ގުޅުމެއް ވެސް ބޭއްވި މީހެއް ނޫންކަމަށާއި ނަމަވެސް ޑިފެންސް މިނިސްޓަރު މާރިޔާގެ އިހުމާލުން ރައީސް ނަޝީދަށް ހަމަލާ ދިން އިރު މިއީ ހުރިހާ ރައްޔިތުންނާއި ގުޅުން ހުރިކަމެއްގެ ގޮތުގައި ފާހަގަ ކުރެއްވި އެވެ.

އިދިކޮޅަށް ނިސްބަތްވާ ބައެއް މެމްބަރުން އެވާހަތަކަށް ދެެއްކެވުމުން ރައީސް ސޯލިހާއި އަރިސް މެމްބަރުން ވަނީ އެމްޑީޕީ ހިންގަން ޕާޓީގެ އަތްމައްޗަށް ދޫކޮށްލަން ގޮވާލާފަ އެވެ. އަދި ރައީސް ނަޝީދު ވަނީ ތޯރިގުގެ ވާހަކައަށް، އެއީ ވާދަވެރިއެއް ނަމަވެސް ގޮތެއް ހުރި ބޭފުޅެއްކަމަށް ވިދާޅުވެފަ އެވެ. އަދި އަނދުން ހުސެއިނަށް ބަހުގެ ހަމަލާތައް އަމާޒު ކުރެއްވި އެވެ.

“އަޅުގަނޑަށް އެނގޭތީ މި ދެންނެވީ.. މިކަން ފޮރުވުމުގައި ސަރުކާރަށް ވާގިދޭ އެއް ބޭފުޅަކީ އަނދުންގޭ ހުސެއިން” ރައީސް ނަޝީދު

ރައީސް ނަޝީދުގެ މެސެޖުތަކަށް އަނދުން ހުސެއިން ވަނީ “އަޅޭ” ޖެހުމަށް ފަހު ރައްދު ދެއްވާފަ އެވެ. އަނދުން ހުސެއިން ވިދާޅުވީ 241 ކޮމިޓީގެ ރިޕޯޓުގެ ޔައުމިއްޔާއިން ވެސް އޭނާ ރައީސް ނަޝީދާއި ދެކޮޅު ވާހަކަތަކެއް ނުދައްކާކަން އެނގޭނެ ކަމަށެވެ.

ރައްދުގައި ރައީސް ނަޝީދު ވިދާޅުވީ، އަނދުން ހުސެއިން ހަމަލާގެ މައްސަލަ ފޮރުވަން ސަރުކާރަށް އެއްބާރުލުން ދޭކަން މާތް ރަސްކަލާންގެ ގަންދީ ހުވާކުރާކަމަށެވެ.

މީގެ އިތުރުން ރައީސް ނަޝީދު ވަނީ ހަމަލާގެ ތުހުމަތުތަކެއް ކުރެވޭ ފާތިހު ބަންދުން ދޫކޮށްލި ސަބަބާއި މެދު ސުވާލު އުފައްދާފަ އެވެ. އެމަނިކުފަނު ވިދާޅުވީ ފާތިހު ފުލުހުންގެ އިންޓެޖެންސިން ވަކި ކުރީ ވެސް ހަމަލާއަށް ފަހު ކަމަށެވެ. އެހެން ކަމުން އޭގައި ވެސް ގޯހެއް ވާކަން އެނގެން އެބައޮތްކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ނަޝީދު އަވަހާރަށްކޮށްލަން ދިން ޓެރަރިޒަމްގެ ހަމަލާގެ ޝަރީއަތްތައް އަހަރު ނިމުމުގެ ކުރިން ހުކުމާއި ހަމައަށް ދެވޭނެކަމަށް ޕްރޮސެކިއުޓާރ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވީ ނަމަވެސް ހުކުމެއް އައި ހަމައެކަނި މީހަކީ އަވަސް ނިޔާގެ ދަށުން އަދުހަމް އަހުމަދު ރަޝީދެވެ. ދައުލަތާއި އެކު އެކުލަވާލި އިއުތިރާފު އެއްބަސްވުމެއްގެ ސަބަބުން އޭނާގެ މައްޗަށް އައީ 23 އަހަރުގެ ހުކުމެކެވެ. މި އެއްބަސްވުން އެކުލަވާ ނުލި ނަމަ އޭނާގެ މައްޗަށް އަންނާނެ ހުކުމް 32 އަހަރަށްވުރެ މަތިވާނެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: