ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުޑަކުއްޖަކު ގުރޫމްކޮށްގެން ގެސްޓް ހައުސަކަށް ގެންދިޔަ ސިފައިންގެ މީހަކު ހައްޔަރު ކޮށްފި

ކުޅުދުއްފުށި ސިޓީ—
ޝެއާރކޮށްލާ ކަހަލަދޯ؟

އުމުރުން 18 އަހަރުން ދަށުގެ އަންހެން ކުއްޖަކު ގުރޫމްކޮށްގެން ގެސްޓް ހައުސަކަށް ގެންދިޔަ ސިފައިންގެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ފުލުހުން ބުނީ ހދ. ކުޅުދުއްފުށީގައި ގެސްޓްހައުސެއްގައި ކުޑަ ކުއްޖަކާއެކު ޖިންސީ އަމަލެއް ހިނގި ކަމުގެ ތުހުމަތުގައި ރޭ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ އުމުރުން 43 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުނެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި 18 އަހަރު ނުވާ އަންހެން ކުއްޖަކު ގުރޫމްކޮށްގެން ގެސްޓް ހައުސަކަށް ގެންގޮސްފައިވަނީ ސިފައިންގެ މީހެކެވެ.

ރޭ ދަންވަރު ހިނގި މި ހާދިސާގައި އަންހެން ކުއްޖާ އާއި އެކު ސިފައިންގެ މީހާ ގެސްޓު ހައުސްގެ ކޮޓަރީގައި ތިއްބާ އާއްމުން ވަނީ އެސަރަހައްދަށް އެެއްވެ އެމީހާ އެތަނުން ނެރެ ފުލުހުންނާއި ހަވާލުކޮށްފައެވެ.

ވަރަށް ގަދަ
29%ވަރަށް ގަދަ 57%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 14%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: